Advertisement

ޝައިޚް އިމްރާންގެ ހުޅުމާލެ ފްލެޓް ލިބުނުގޮތް ޑރ. އިޔާޒް ސާފުކޮށްދީފި

12 Jan 2019 | 11:56

ހޯމް މިނިސްޓަރ އައްޝައިޚް އިމްރާން އަބްދުﷲ ގެ މާލީ ބަޔާނުގައި ފާހަގަކުރެވިފައިވާ ހުޅުމާލޭގެ ފްލެޓްގައި އެއްވެސް މައްސަލައެއް ނޯންނާނެކަމަށް އަދާލަތު ޕާޓީގެ އިލްމުވެރިންގެ މަޖިލީހުގެ ރައީސް ޑރ.މުހައްމަދު އިޔާޒް އަބްދުއްލަތީފް ވިދާޅުވެއްޖެއެވެ.

ޑރ.އިޔާޒް މިހެން ވިދާޅުވީ ރޭ ހާމަކުރެވުނު ކެބިނެޓް މެންބަރުންގެ މާލީ ބަޔާންތަކުގެ ތެރެއިން ހޯމް މިނިސްޓަރ އައްޝައިޚް އިމްރާން އަބްދުﷲ ގެ މާލީ ބަޔާނުގައި ހުޅުމާލެ އަމީން އެވެނިއުގެ ފްލެޓެއް މިލްކިއްޔާތުގައިވާކަމަށް ހިމަނުއްވާފައިވާތީ، އެކަމާއި ގުޅިގެން ގިނަ ފަރާތްތަކުން ކަންބޮޑުވުން ފާޅުކުރަމުން ދަނިކޮށް، ޓްވިޓަރ މެދުވެރިކޮށެވެ.

ޝައިޚް އިމްރާންގެ މާލީ ބަޔާނުގައިވާ ގޮތުގައި އެމަނިކުފާނުގެ މިލްކިއްޔާތުގައި ހުޅުމާލޭގައި އަމީން ކޮންސްޓްރަކްޝަނުން ތަރައްގީކޮށްފައިވާ 2.5 މިލިޔަން ރުފިޔާގެ އަގުހުރި އަމީން އެވެނިއުގެ އެޕާޓްމަންޓެއް އެމަނިކުފާނުގެ މިލްކިއްޔާތުގައިވެއެވެ.

މިކަމާއި ގުޅިގެން ޑރ.އިޔާޒް ވިދާޅުވީ އެ ފްލެޓަކީ ޝައިޚް އިމްރާންގެ އަނބިކަނބަލުން މަރިޔަމް ރީމްގެ ބައްޕާފުޅު، އެބޭފުޅާގެ ހުރިހާ ދަރިންނަށް ގަނެދެއްވި ފްލެޓްތަކުގެ ތެރެއިން ރީމްއަށް ލިބުނު ފްލެޓްކަމުގައެވެ.

އަދި އޭސީސީ ފަދަ މުއައްސަސާއަކުންވެސް މައްސަލަ ބަލައިފިނަމަ ފެންނާނީ މިގޮތަށްކަމަށް ވަނީ ބުނެފައެވެ.

Advertisement

ކޮމެންޓް