Advertisement

ވިލިމާލެ ސަހަރާ އަނެއްކާވެސް ބޭނުންކުރަން ފަށަނީ

12 Jan 2019 | 12:55

ވިލިމާލެ ސަހަރާގައި މީހުން ވަޅުލުން ހުއްޓާލާފައި އޮތުމަށްފަހު، އެތަން އަލުން ބޭނުންކުރަން ފެށުމަށް ތައްޔާރުވެއްޖެއެވެ.

މިކަން މާލެ ސިޓީ ކައުންސިލްގެ ފަރާތުންވެސް ވަނީ ޔަގީންކޮށްދެއްވާފައެެވެ.

ސިޓީ ކައުންސިލުން މިއަދު ކުރި ޓުވީޓެއްގައި ބުނެފައިވަނީ ވިލިމާލޭ ސަހަރާގައި ދެއަހަރާ ބައިވަންދެން މީހުން ވަޅުލުން ހުއްޓައިލާފައިވަނިކޮށް މާލޭ ސިޓީ ކައުންސިލުގެ އެއްބާރުލުމާއެކު ވިލިނގިލީ ހެޔޮއެދޭ ފަރާތްތަކުން ސަހަރާ ސާފުކޮށްފައިވާކަމަށެވެ.

އަދި ސަހަރާގައި ހުރި ހިނަވާގެ ސާފުކޮށް މަރާމާތުކުރުމަށްފަހު ބޭނުންކުރެވެން ފެށޭނެކަަމަށްވެސް ވަނީ ބުނެފައެވެ.

ދާދިފަހުން ވަނީ ސަހަރާތަކާއި މިސްކިތްތަކުގެ ބެލެނިވެރިކަން ސިޓީ ކައުންސިލަށް ހަވާލުކޮށްފައެވެ.

Advertisement

ކޮމެންޓް