Advertisement

ފައިނަލް ވޯޓާސް ލިސްޓް އާންމުކޮށްފި

05 Sep 2018 | 16:48

މި މަހު 23 ގައި އޮންނަ ރިޔާސީ އިންތިހާބުގައި ވޯޓުލާ މީހުންގެ ފަހުގެ ލިސްޓު އިލެކްޝަން ކޮމިޝަން (އީސީ) އިން އާންމުކޮށްފި އެވެ.

އީސީ އިން ރޭ އާންމު ކުރި ވޯޓާސް ލިސްޓުގައިވާ ގޮތުން ރިޔާސީ އިންތިހާބުގައި މިފަހަރު 262 135 މީހުން ވޯޓުލުމުގެ ހައްގު ވަނީ ލިބިފަ އެވެ.

ރިޔާސީ އިންތިހާބްގައި ވޯޓުލުމަށް 472 ވޯޓު ފޮއްޓެއް ބެހެއްޓުމަށް ވަނީ ހަމަޖެހިފަ އެވެ. އޭގެ ތެރެއިން 302 ފޮށި ހުންނާނީ އަތޮޅު ތެރޭގެ މީހުން ދިރިއުޅޭ ރަށްރަށުގަ އެވެ. އަދި މާލޭ ސިޓީގައި 122 ފޮއްޓެއް ބަހައްޓާއިރު 35 ރިސޯޓެއްގައި ވޯޓު ފޮށި ބަހައްޓާނެ އެވެ. ހަތަރު ވޯޓު ފޮށި ޖަލުތަކުގައި ބަހައްޓާއިރު ސިނާއީ މަސައްކަތް ކުރާ ދެ ރަށަކާއި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އިތުރުން ގަން ރީޖަނަލް އެއާޕޯޓުގައި ވެސް ވޯޓު ފޮށި ބަހައްޓާ ގޮތަށް ވަނީ ހަމަޖެހިފަ އެވެ.

އަދި މީގެ އިތުރުން ބޭރު ގައުމުތަކުގެ ތެރެއިން އިންޑިޔާގެ ޓްރެވިންޑްރަމްއާ، މެލެޝިޔާގެ ކޮލަލަމްޕޫރާއި އިނގިރޭސިވިލާތުގެ ލަންޑަނާއި ސްރީލަންކާގެ ކޮލޮމްބޯގައި ވެސް ވޯޓު ފޮޓި ބަހައްޓަން އީސީ އިން ވަނީ ނިންމައިފަ އެވެ.

Advertisement

ކޮމެންޓް