ދެ ލައްކަ ރުފިޔާގެ އިނާމާއެކު އުރީދޫއިން "ގެސް ދަ ވަރޑް" ނަމުގައި އެސް.އެމް.އެސް މުބާރާތެއް ފަށައިފި

12 Jan 2019 | 13:29

މަގްބޫލު ގޭމް ކަމަށްވާ "ހޭންގް މޭން" އަށް ބިނާކޮށް، "ގެސް ދަ ވަރޑް" ގެ ނަމުގައި އެސް.އެމް.އެސް މެދުވެރިކޮށް ކުޅޭ ވަރަށް ފޯރިގަދަ މުބާރާތެއް އުރީދޫ އިން މިއަދު ފަށައިފިއެވެ. މި ގޭމް ކުޅެ، އެންމެ މޮޅު ސްކޯ ހޯއްދަވާ ބައިވެރިންނަށް އުރީދޫ އިން ވަނީ ޑޭޓާ ޕެކޭޖް، ސްމާޓް ފޯނު އަދި މެކްބުކް އެއާ ހިމެނޭ، ދެ ލައްކަ ރުފިޔާގެ އަގުހުރި އިނާމު ހުށައަޅާފައެވެ.

"ގެސް ދަ ވާރޑް" ކުޅުންތެރިންގެ އަމާޒަކަށްވާނީ ތަފާތު އެކި ލަފްޒުތައް ދިމާކޮށް، ފަސް ލެވެލް އަކަށް ބެހިފައިވާ މި ގޭމުން އެންމެ ގިނަ ޕޮއިންޓް ހޯދުމެވެ. މިގޮތުން، މަތީ ލެވަލްތަކުގެ ލަފްޒުތައް އުނދަގޫވެފައި، ލިބޭ ޕޮއިންޓުތައް އިތުރުވެގެން ދާނެއެވެ. 10 ޖަނަވަރީ 2019 އިން 10 އެޕްރީލް 2019 އަށް ކުރިއަށްދާ މި މުބާރާތުގައި ބައިވެރިވުމަށް، “GO” ޖެއްސެވުމަށް ފަހު 4646 އަށް އެސް.އެމް.އެސް ކުރަށްވާށެވެ.

"ގެސް ދަ ވާރޑު"ގައި ބައިވެރިވެ، ލީޑަރބޯޑުގައި އެންމެ ކުރި ހޯދާފައިވާ ކުޅުންތެރިންނަށް ލިބޭ އިނާމުތަކުގެ ތެރޭގައި:

އުރީދޫ އިން އަބަދުވެސް މަސައްކަތް ކުރަމުންދާނީ ކަސްޓަމަރުންނަށް ކަމުދާނެ ޚިދުމަތްތަކާއި ޕްރޮމޯޝަންތައް ގެނެސްދިނުމަށްކަމަށް އެ ކުންފުނިން މައުލޫމާތުދެއެވެ.

"ގެސް ދަ ވަރޑް" ޕްރޮމޯޝަން އާއި ބެހޭ އިތުރު މައުލޫމާތު ހޯއްދެވުމަށް، www.ooredoo.mv އަށް ނުވަތަ މައި އުރީދޫ އެޕް، އުރީދޫ ނެކްސްޓް، އަދި އުރީދޫގެ ސޯޝަލް ޗެނަލްތައް ފަދަ އެކުންފުނީގެ ކޮންމެ ޑިޖިޓަލް ޓަޗްޕޮއިންޓެއްވެސް މެދުވެރިކޮށް އުރީދޫގެ ޓީމާއި ގުޅާލައްވާށެވެ.

Advertisement

ކޮމެންޓް