އިންޑިޔާ އަސްކަރިއްޔާގެ ނޭވީގެ މަނަވަރެއް ރާއްޖެއަށް އަތުވެއްޖެއެވެ.

ADS BY MINS CONSTRUCTION

އެމްއެންޑީއެފް އިން މައުލޫމާތު ދޭގޮތުގައި ރާއްޖެއަށް އައިސްފައިވަނީ އިންޑިއާގެ ކޯސްޓްގާޑް އުޅަނދު އައިސީޖީއެސް "ސަމަރްތް"އެވެ.

ސަމަރްތް ރާއްޖެއަށް ކުރާ މި ދަތުރުގައި، މިމަހު 13 އިން 17 އަށް ދިވެހިރާއްޖޭގެ ޚާއްޞަ އިޤްތިޞާދީ ކަނޑުގެ ސަރަޙައްދުގައި އެމްއެންޑީއެފް ކޯސްޓްގާޑާ ގުޅިގެން ސަވައިލަންސް ޕެޓްރޯލް ކުރާނެއެވެ.

މިއީ ސިލްސިލާކޮށް ކުރިއަށް ގެންދާ ޕެޓްރޯލް ހަރަކާތްތަކުގެ ތެރެއިން ކުރި ޒިޔާރަތެއްކަމަށް އެމްއެންޑީއެފްއިން މައުލޫމާތުދެއެވެ.

"ސަމަރްތް" ރާއްޖެއިން ފުރުމަށް ހަމަޖެހިފައިވަނީ މިމަހުގެ 17 ވަނަ ދުވަހުއެވެ.

0%

0%

100%

0 ކޮމެންޓް

ހަބަރު