ADS BY STATE TRADING ORGANISATION PLC LTD

ގޭބަންދުގައި ހުންނެވި އިރު މިނިސްޓަރ ޢިމްރާން ޢީދު ފާހަގަ ކުރެެއްވި މައްސަލަ ވެސް ބަލަންޖެހޭ: ހީނާ

- 5 days ago 3 - އައިޝަތު އަހުމަދު

ކުރީގެ ރައީސް ޔާމީން ޢަބްދުލްޤައްޔޫމްގެ ވެރިކަމުގައި ޓެރަރިޒަމްގެ ކުށް ސާބިތުވާ ކަމަށް ކަނޑައަޅައި ކުރި ޙުކުމް ތަންފީޒު ކުރަން މިހާރުގެ ހޯމް މިނިސްޓަރ ޢިމްރާން، އޭރު ގޭބަންދުގައި ހުންނަވައި ފިޠުރު ޢީދު ފާހަގަ ކުރި މައްސަލަ ވެސް ބެލުމަށް އިދިކޮޅު ޕީޕީއެމްއިން ގޮވާލައިފިއެވެ.

ހީނާ މިހެން ވިދާޅުވެފައި މިވަނީ އިދިކޮޅު ކޯލިޝަންގެ ފަރާތުން މިއަދު ހަވީރު މާލޭގައި "އިންސާފު ހޯދަން" ނަމުގައި ކުރިއަށް ގެންދިޔަ މުޒާހަރާގެ ބައިވެރިންނަށް ރައީސް ޔާމީން ފެނިލައި ހިތްވަރު ދެއްވުމާ ގުޅިގެން އެމަނިކުފާނާ މެދު ފިޔަވަޅު އަޅާނެ ކަމަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސްއިން މިއަދު ބުނުމާ ގުޅިގެންނެވެ.

އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަންގެ ތަރުޖަމާނު ހީނާ ވަލީދު މިރޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ގޭބަންދުގައި ހުންނަވައިގެން ޢީދުގައި ބެލްކަންޏަށް ނުކުމެ ފެންކުޅި ކުޅުއްވި މިނިސްޓަރ ޢިމްރާނަށް ފުރަތަމަ ފިޔަވަޅު އެޅުއްވުމަށެވެ. އަދި ގޭބަންދުގައި ތިބެ ސިޔާސީ ޕާޓީ ހެދި މީހުންނަށް ވެސް ފިޔަވަޅު އެޅުމަށް ހީނާ ވަނީ ގޮވައިލައްވާފައެވެ.

މަނީ ލޯންޑަރިންގެ ކުށް ސާބިތުވެ މިވަގުތު ގޭ ބަންދުގައި ހުންނެވި ރައީސް ޔާމީން މިއަދު ވަނީ އެމަނިކުފާނުގެ ގެކޮޅުގެ ކުޑަ ދޮރުން ބޭރުން އިހުތިޖާޖުގެ ބައިވެރިންނަށް ފެނިލައްވާ، ހިތްވަރު ދިނުމުގެ ގޮތުން ޤައުމީ ދިދައާއި ޕީޕީއެމްގެ ދިދަ ވެސް ވިހުރުވާލައިފައެވެ.

0%

100%

0%

ADS BY COCA COLA
3 ކޮމެންޓް

ދީނީ ގޮތުން ފާހަގަކުރާ އީދަކާ އާންމުންނަށް އުދަގޫވާގޮތަށް މަގުމަތީ ހިންގާ ސިޔާސީ ހަރަކާތަކާ އެއްވަރު ކުރެވޭނެތޯ؟

ތިޔަ ދައްކަނީ މުސްލިމުން ފާހަގަ ކުރާ ދެ ދުވަހުގެ ވާހަކަ ތޯ؟ އަޅާާ ކިޔަން ވެސް ވަރަށް އެއްވަތަރުގެ ދެކަންތައް ތާ ދޯ؟

ހަބަރު