އިންޑިއާގެ އައު ހެލިކޮޕްޓަރު ރާއްޖެއާއި ހަވާލުކޮށްފި

13 Jan 2019 | 15:38

އިންޑިއާއިން ރާއްޖެއަށް އައު ހެލިކޮޕްޓަރެއް ހަވާލުކޮށްފި ކަމުގައި އިންޑިއާގެ ޓައިމްސް އޮފް އިންޑިއާގައި ރިޕޯޓް ކޮށްފިއެވެ.

އިންޑިއާގެ ކޯސްޓް ގާޑައި ހަވާލާދީ ޓައިމްސް އޮފް އިންޑިއާއިން ބުނާ ގޮތުގައި ރާއްޖެއަށް އަލަށް ހަދިޔާ ކުރެވުނު ހެލިކޮޕްޓަރަކީ އައްޑު އަތޮޅު ގަމުގައި އޮތް އެޑްވާންސްޑް ލައިޓް ހެލިކޮޕްޓަރެއް 'ރިޕްލޭސް' ކުރަން ދިން ހެލިކޮޕްޓަރެކެވެ.

މިދިޔަ މަހުގެ 13 އިން 17 އަށް ހިތަދޫ ފަޅު ތެރެއަށް އިންޑިއާގެ ކޯސްޓް ގާޑުން ރާއްޖޭގެ ކޯސްޓް ގާޑައި ގުޅިގެން އެކްސްކްލޫސިވް އިކޮނޮމިކް ޒޯން ޕެޓްރޯލް ކުރުމަށް ވަދެފައިވާ ކަމަށާއި CG853 ގެ އެޑްވާންސްޑް ލައިޓް ހެލިކޮޕްޓަރު ރާއްޖެ ގެނެސްފައިވަނީ ޕެޓްރޯލް ކުރުމަށް އިންޑިއާއިން ރާއްޖެއައި ކޯސްޓް ގާޑުގެ ބޯޓުގައި ކަން ޓައިމްސް އޮފް އިންޑިއާއިން ހާމަކުރެއެވެ.

އިންޑިއާއިން ރާއްޖެއަށް ދެ ހެލިކޮޕްޓަރު ހަދިޔާކޮށްފައިވާ ކަމަށައި ރާއްޖޭގެ ރައީސް ކަމުގައި އަބްދުﷲ ޔާމީން ހުންނެވި އިރު ދެ ގައުމުގެ ގުޅުން ގޯސްވެ އިންޑިއާއިން ހަދިޔާކޮށްފައިވާ ހެލިކޮޕްޓަރުތައް އަނބުރާ ގެންދިޔުމަށް ރާއްޖެއިން އަންގާފައިވާ ކަމުގައި އިންޑިއާގެ މީޑިއާތަކުން ރިޕޯޓް ކޮށްފައިވެއެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހްވަނީ މިދިޔަ މަހު އިންޑިއާއަށް ރަސްމީ ދަތުރުފުޅެއް ކުރައްވާ ދެގައުމުގެ މެދުގައި އޮތް ގުޅުން ރަނގަޅު ކުރުމަށް މަޝްވަރާތަކެއް ކޮށްފައެވެ. މި މަޝްވަރާތަކުގެ ތެރޭގައި ރާއްޖެ އަދި އިންޑިއާއައި ދެމެދު އޮންނަ މެރިޓައިމް ގުޅުން ބަދަހި ކުރުންވެސް ހިމެނޭކަމުގައި އިންޑިއާގެ މީޑިއާތަކުން ބުނެއެވެ.

Advertisement

ކޮމެންޓް