ADS BY STATE TRADING ORGANISATION PLC LTD

ނާޒިމް ވިދާޅުވަނީ ސަރުކާރާއެކު ތިބުން ލާޒިމު ކަމަށް

- 5 days ago 0 - ޝިފާ ހުސައިން

ސަރުކާރާއެކު ތިބުން އެޕާޓީއަށް އަދި ލާޒިމުވާ ކަމަށް، ޕާޓީ އުފެއްދުމުގެ މަސައްކަތުގައި އިސްކޮށް އުޅުއްވާ ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމް ވަނީ ވިދާޅުވެއްޖެއެވެ.

އޭނާ މިހެން ވިދާޅުވީ "އަވަސް" ނޫހަށް ދެއްވި އިންޓަރވިޔުއެއްގައެވެ. ނާޒިމް ވިދާޅުވީ، އެމްއެންޕީ އޮންނާނީ ސަރުކާރާއެކުގައިކަން ނުވަތަ ނޫންކަން އަދި ރަސްމީ ސިފައެއްގައި ނިންމާފައި ނުވާ ކަމަށެވެ. ނަމަވެސް ޕާޓީ އުފެއްދުމަށްފަހު، ބައްދަލުވުމެއް ބާއްވައި، އެޕާޓީ އޮންނާނީ ސަރުކާރާ އިދިިކޮޅަށްތޯ ނުވަތަ ނޫންތޯ ނިންމަވާނެ ކަމަށެވެ.

"މިވަގުތު އަޅުގަނޑުމެންނާ ސަރުކާރަކާ އެއްވެސް މައްސަލައެއް ނެތް. އަޅުގަނޑުމެން މިވަގުތު މިތިބީ، އަޅުގަނޑުމެންނަކީވެސް ހަމަ ކޯލިޝަންގައި އަޅުގަނޑުމެންގެ މަސައްކަތުން މި ސަރުކާރު މި ގެނައީ. އެހެންވީމަ، އަޅުގަނޑުމެން މައްޗަށްވެސް އެބަ ލާޒިމުވޭ ސަރުކާރާއެކު ތިބެން." ނާޒިމް ވިދާޅުވިއެވެ.

ނާޒިމް ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގައިވެސް ސަރުކާރުން ކުރާ ރަނގަޅު ކަންކަމަށް އެމްއެންޕީއިން ތާއީދު ކުރާނެ ކަމަށެވެ.

"އަޅުގަނޑުމެންނަކީ އަދިވެސް ހަމަ، އިންޑިވިޖުއަލީ ކޯލިޝަނެއްގައި ތިބި ބައެއް. އެހެންނަމަވެސް ރަސްމީކޮށް ނިންމޭނީ، ޕާޓީ ފޯމްވެ، ކައުންސިލް މެމްބަރުންގެ މެދުގައި ބައްދަލުވުމެއް ބާއްވައިގެން." ނާޒިމް ވިދާޅުވިއެވެ.

ނާޒިމްގެ ވާހަކައިގައި ސަރުކާރަށް ނުސީދާ ގޮތެއްގައި ފާޑުވިދާޅުވިއެވެ. އަދި އެމްއެންޕީއަކީ ގައުމީ ފިކުރުގެ ޕާޓީ ކަމަށާއި، ރާއްޖެ އޮތް ހާލަތު ރަނގަޅު ކުރާނެ ޕާޓީ ކަމަށްވެސް ވިދާޅުވިއެވެ.

0%

100%

0%

ADS BY COCA COLA
0 ކޮމެންޓް

ހަބަރު