ރައީސް ޔާމީން މާދަމާވެސް ފުލުހަށް ހާޒިރުކުރަނީ

14 Jan 2019 | 00:00

ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް މާދަމާ ފުލުހުންގެ އިދާރާއަށް ހާޒިރުވުމަށް ޗިޓު ފޮނުވައިފިއެވެ.

މާދަމާ މެންދުރުފަހު 1:30ގައި ރައީސް ޔާމީން ފުލުހުންގެ އިދާރާއަށް ހާޒިރުވުމަށް އަންގަވާފައިވާކަމަށް ޕީޕީއެމްއިން ވަނީ ބުނެފައެވެ.

އެޕާޓީން ވަނީ ކުރީގެ ރައީސް ޔާމީންއަށް ތާއިދުކުރައްވާ ފަރާތްތަކުން، މާދަމާ މެންދުރުފަހު 12:30އަށް އެޕާޓީގެ އޮފީސް ކައިރިއަށް އެއްވުމަށް އެދިފައެވެ.

މީގެ ކުރިންވެސް ރައީސް ޔާމީންވަނީ ދައުލަތުގެ އިދާރާތަކުން ހުށައަޅާފައިވާ މަނީ ލޯންޑަރިންގްގެ މައްސަލަތަކާއި ގުޅިގެން ސުވާލުކުރުމަށް ފުލުހުންގެ އިދާރާއަށް ހާޒިރުކުރެވިފައެވެ.

Advertisement

ކޮމެންޓް