ADS BY STATE TRADING ORGANISATION PLC LTD

"ވިނަރެސް"އަކީ ރައީސް ސާލިހަށް ދިންް ކެއްސެއް، އެހެން ކިޔާ މަޝްްރޫއެއް ނެތް: ސައީދު

- 1 day ago 0 - އައިމިނަތް ނިއުޝާ

ވިނަރެސް މަޝްރޫއަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމްް މުހައްމަދު ސާލިހަށް މިސަރުކާރުން ދިން ކެއްސެއް ކަމަށް މާވަށު ދާއިރާގެ މެންބަރު އަދި ކުރީގެ އިކޮނޮމިކް މިނިސްޓަރ މުހައްމަދު ސައީދު ވިދާޅުވެއްޖެއެެވެ.

ސައީދު މިހެން ވިދާޅުވެ ސަރުކާރަށްް ފާޑު ކިޔާފައި ވަނީ ވިނަރެސް މަޝްރޫ ލަސްވަނީ ކުރީ ސަރުކާރުގެ ސަބަބުންް ކަމަށް ހައުސިން ޑިވެލޮޕްމަންޓު ކޯޕަރޭޝަން (އެޗްްޑީސީ)އިން ވިދާޅުވުމާއި ގުޅިގެންނެވެ.

ސައީދު ދެންމެ ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ، ފަސް އަހަރު ނިމި ދަނީ ކަންކަންް ޑެލިވާ ކުރާނެ މާހައުލެއް ސަރުކާރުގެ ތެރޭގައި ނެތުމުން ކަމަށެވެ. ސައީދު ވަނީ "ބަހަނާ ނުދައްކާ" މަޝްްރޫ ނިންމާ ރައްޔިތުންނާ ހަވާލުކުރުމަށް ގޮވާލާފައެވެ.

އަދި ވިނަރެސް މަޝްރޫއަކީ ރައީސް ޔާމީންް ސަރުކާރުގައއި ކުރިއަށް ގެންދިޔަ "ހިޔާ" މަޝްރޫކަމަށާއި، "ވިނަރެސް" އަކީ ރައީސް ސާލިހްްގެ އަމިއްލަ ސަރުކާރުން އެމަނިކުފާނަށް ދިން ކެއްސެއް ކަމަށް ސައީދު ވަނީ ވިދާޅުވެފައެވެ. ސައީދު ވިދާޅުވީ، ވިނަރެސްް ކިޔާ މަޝްރޫއެއް ނޯންނާނެ ކަމަށެވެ.

ވިނަރެސް ފްލެޓްތަކާ ބެހޭ ގޮތުން ރާއްޖެޓީވީގެ ފަލަސުރުޚީ ޕްރޮގްރާމްގައި ވާހަކަދައްކަވަމުން އެޗްޑީސީގެ މެނޭޖިންގ ޑިރެކްޓަރ ސުހައިލް އަޙުމަދު ވިދާޅުވީ, ކުރީގެ ހައުސިން މިނިސްޓަރު، އަދި މިހާރުގެ މާލެ ސިޓީ ކައުންސިލްގެ މޭޔަރު ޑރ.މުޙައްމަދު މުޢިއްޒުގެ ބެއްލެވެމުގެ ދަށުން އެޗްޑީސީއާ މިމަޝްރޫއު ހަވާލުކޮށްފައިވަނީ ޕާކިން ޒޯނާއި، ކޮމާޝަލް ޒޯނަށް ޖާގައެއް ކަނޑައެޅުމެއްނެތި ކަމަށެވެ. ހުޅުމާލޭގެ މައި މަގެއްގައި އިމާރާތް ކުރާ މިފްލެޓްތަކަށް ކޮމާޝަލް ޒޯނެއް ވަރަށް މުހިންމުވާނެ ކަމަށް ސުހައިލް ވިދާޅުވިއެވެ.

މި ސަރުކާރުގެ ހުންނަ މައްސަލަތަަކަށް ފާޑުކިއުން އަމާޒުވުމުން ސަރުކާރުންނާއި، ސަރުކާރުގެ އިދާރާތަކުން ކުރީ ސަރުކާރުން ކަންކަންް ކޮށްފައި ހުރި ގޮތުން ކަމަށް ވިދާޅުވުމަކީ އާންމު ކަމެކެވެ. އެހެން ނަމަވެސް އިދިކޮޅުންް އަންްނަނީ އެފަދަ ކަންކަމަށް ރައްދު ދެމުންނެވެ. 

0%

0%

0%

ADS BY BANK OF MALDIVES
0 ކޮމެންޓް

ހަބަރު