ADS BY STATE TRADING ORGANISATION PLC LTD

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ވަގުތީ މިސްކިތެއް އިމާރާތްކުރަން ބަޔަކާ ޙަވާލުކޮށްފި

- 1 day ago 0 - އައިޝަތު އަހުމަދު

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ވަގުތީ މިސްކިތެއް ޢިމާރާތްކުރުމަށް ބަޔަކާ ހަވާލުކޮށްފިއެވެ.

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ވަގުތީ މިސްކިތެއް ޢިމާރާތްކުރުމަށް ހަވާލުކޮށްފައިވަނީ ޔެސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް އާއެވެ.

އެ އެއްބަސްވުމުގައި އިސްލާމިކް މިނިސްޓްރީން ސޮއިކުރެއްވީ މިނިސްޓަރު ޑރ. އަހުމަދު ޒާހިރު އަލީއެވެ. އަދި ޔެސް މޯލްޑިވްސް ކުންފުނީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުލާމް ޔޫސުފްއެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ 450 މީހުންގެ ޖާގައިގެ މި މިސްކިތް ޙަވާލުކޮށްފައިވަނީ 80 ދުވަހުގެ ތެރޭގައި ނިންމައި ޙަވާލުކުރާ ގޮތަށެވެ.

މި މިސްކިތް އިމާރާތް ކުރުމަށް ދައުލަތުގެ ބަޖެޓުން 4.3 މިލިއަން ރުފިޔާ ޚަރަދުކުރުމަށް ނިންމާފައިވާކަމަށް ވެސް އިސްލާމިކް މިނިސްޓްރީން ބުނެފައިވެއެވެ.

0%

0%

0%

ADS BY BANK OF MALDIVES
0 ކޮމެންޓް

ހަބަރު