ޓްރީ ޓޮޕް ހޮސްޕިޓަލުން އަމާނަ ތަކާފުލް އިންޝުއަރަންސް ލިބޭގޮތަށް ހަމައްޖައްސައިފި

14 Jan 2019 | 13:44

އަމާނަ ތަކާފުލް (މޯލްޑިވްސް) ޕ.ކ.ލ ގެ މެޑިކަލް އިންޝުއަރަންސް ކަސްޓަމަރުންނަށް ޓްރީ ޓޮޕް ހޮސްޕިޓަލް މެދުވެރިކޮށް އިންޕޭޝަންޓް އަދި އައުޓްޕޭޝަންޓް ހިދުމަތްތަކަށް ކޭޝްލަސްގެ ހިދުމަތް ތައާރަފްކޮށްފިއެވެ.

ޓްރީ ޓޮޕް ހޮސްޕިޓަލައި އަމާނަ ތަކާފުލްއާއި ގުޅިގެން ތައާރަފްކުރި މި ހިދުމަތުގެ ސަބަބުން އަމާނަ ތަކާފުލްގެ ކަސްޓަމަރުންނަށް އިންޝުއަރަންސް ކާޑަށް ޓްރީ ޓޮޕް ހޮސްޕިޓަލްގެ ހިދުމަތްތައް ލިބިގެން ދާނެއެވެ. ދިވެހިރާއްޖޭގެ މެޑިކަލް އިންޝުއަރަންސް ބާޒާރުގެ އިސްފަރާތެއްގެ ހައިސިއްޔަތުން އަމާނަ ތަކާފުލްއިން ދަނީ އެކުންފުނީނުގެ ހިދުމަތްތަކުގެ ކަވަރޭޖް އެންމެ ފުޅާ ދާއިރާއެއްގައި ފޯރުކޮށްދިނުމަށް މަސައްކަތް ކުރަމުންކަމަށް ފާހަގަކޮށްލެވެއެވެ.

މިއަދު ޓްރީ ޓޮޕް ހޮސްޕިޓަލުގައި އަމާނަ ތަކާފުލްއައި ގުޅިގެން ތައާރަފްކުރެވުނު ހިދުމަތުގެ ސަބަބުން އެ ހޮސްޕިޓަލުގެ ކަސްޓަމަރުންނަށް އެންމެ މަތީ ފެންވަރުގެ ސިއްހީ ފަރުވާ އެއްވެސް ދަތިކަމަކާ ނުލާ ލިބިގެންދާނެކަމަށް ޓްރީ ޓޮޕް ހޮސްޕިޓަލުން މައުލޫމާތުދެއެވެ.

ޓްރީ ޓޮޕް ހޮސްޕިޓަލުގެ އަމާޒަކީ ސިއްހީ ހިދުމަތްތައް އެންމެ ފުރިހަމަ ގޮތުގައި ދިނުންކަމުގައި ކަމަށްވެސް އެ ހޮސްޕިޓަލުން މައުލޫމާތުދެއެވެ. 

Advertisement

ކޮމެންޓް

Advertisement