މެންބަރު ލަތީފްގެ އިސްލާހް ހުށަހަޅަނީ ޖޭޕީއާ ވާހަކަނުދައްކާ!

14 Jan 2019 | 23:29

ރައީސްކަން ކުރެއްވި ބޭފުޅަކަށް ރައްޔިތުންގެ މަޖިލީހަށް ވާދަނުކުރެވޭގޮތަށް ދިއްދޫ ދާއިރާގެ މެމްބަރު ހުށަހަޅުއްވަން އުޅުއްވާ އިސްލާހަކީ ޖޭޕީގެ ޕާލަމެންޓްރީ ގްރޫޕެއް އެގިގެން ހުށަހަޅަންއުޅޭ އިސްލާހެއް ނޫންކަމަށް ވިދާޅުވެ ޖޭޕީގެ ދެވަނަ އަށް އެންމެ ބާރުގަދަ އަދި އެޕާޓީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރ ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒު އެކަމުން ބަރީއަވެގެންފިއެވެ. 

އަބްދުﷲ ރިޔާޒު އޭނާގެ ޓުވީޓާގައި ބުނެފައިވަނީ ޖޭޕީގެ ޕާލަމެންޓްރީ ގްރޫޕްގައިވެސް އަދި ސަރުކާރުގައި އިއްތިހާދުވެފައިވާ ޖޮއިންޓް ޕާލަމެންޓްރީ ގްރޫޕްގައިވެސް މަޝްވަރާ ކުރެވުނު ކަމެއްނޫންކަމަށެވެ.

ރައީސްކަން ކުރެއްވުމަށްފަހު ދައުލަތުން ލިބިވަޑައިގަންނަވާ ފައިސާގެ ބޮޑު އިނާޔަތާއެކުވެސް ކުރީގެ ރައީސް މުހައްމަދު ނަޝީދު ގެންދަވަނީ ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބަށް ވާދަކުރެއްވުމަށް ކެމްޕެއިންކުރައްވަމުންނެވެ. އެމަނިކުފާނު ވިދާޅުވެފައިވަނީ ރާއްޖޭގައި ވެރިކަންކުރަން ޕާލެމެންޓްރީ ނިޒާމެއް ގެންނަ ބޭނުންފުޅުވާކަމަށާއި އަދި އެހެންގައުމިއްޔަތެއް ދިވެހިންނަށް ހޯއްދަވައިދެއްވަން ބޭނުންފުޅުވާކަމުގައެވެ.

މީޑިއާގައި ދިއްދޫ މެމްބަރުބުނެފައިވަނީ މިއިސްލާގް ގެންނަން އޭނާ ހުށަހަޅަނީ ރައީސްކަން ކުރެއްވި ބޭފުޅުންނަކީ ގާނޫން އަސާސީއާއި ގާނޫންތަކުން ޚާއްސަ އިއްޒަތަކާއި ޝަރަފެއް ލިބިދީފައިވާ ބޭފުޅުންނަށްވާތީ އެއަށްވުރެ ދަށްމަގާމަކަށް ވަޑައިގެންނެވުމުން އެަޝަރަފަށް އުނިކަން އަންނާތީކަމުގައެވެ.

Advertisement

ކޮމެންޓް