ރައީސުންނަށް މަޖިލީހަށް ކުރިމަތިނުލެވޭ އިސްލާހު ރައީސް ނަޝީދަށް އަމާޒުވޭ: އެމްޑީޕީ

15 Jan 2019 | 15:26

ކުރީގައި ރައީސްކަން ކުރައްވާފައި ތިއްބެވި ބޭފުޅުންނަށް ރައްޔިތުންގެ މަޖިލީހަށް ކުރިމަތިނުލެވޭ ގޮތަށް ދިއްދޫ ދާއިރާގެ މެންބަރު އަބްދުއްލަތީފް މުހައްމަދު ހުށައެޅުއްވި އިސްލާހަކީ، ކުރީގެ ރައީސް މުހައްމަދު ނަޝީދުއަށް ވަރަށް ބޮޑަށް އަމާޒުވާ އިސްލާހެއްކަމަށް އެމްޑީޕީން ބުނެފިއެވެ.

އެމްޑީޕީން މިހެން ބުނެފައިވަނީ އެޕާޓީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ.

މި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން އެޕާޓީގެ ޗެއރޕާސަން ހަސަން ލަތީފް ވިދާޅުވީ މެންބަރު އަބްދުއްލަތީފް ހުށައެޅުއްވި އިސްލާހު ގާނޫނުއަސާސީއާއި ތައާރަޒުވާކަމަށެވެ.

ހަސަން ލަތީފް ވިދާޅުވީ ގާނޫނު އަސާސީގައި ޝަރުތުތަކެއް ކަނޑެޅިފައި ހުރިކަމުގައި ވަންޏާ އޭގެން އެއްވެސް ޝަރުތެއް ގާނޫނަކުންނެއް އުންޏެއް ވެސް ނުކުރެވޭނެކަމަށާއި އަދި އެ ޝަރުތުތަކުގެ އިތުރަށް ޝަރުތެއް ހުށައެއްވެސް ނޭޅޭނެކަމަށެވެ.

އަދި އެކަން ކުރެވޭނީ ގާނޫނު އަސާސީ ބަދަލުކޮށްގެންކަމުގައިވެސް ހަސަން ލަތީފް ފާހަގަކުރެއްވިއެވެ.

އެ އިސްލާހު އަނބުރާ ނެގުމަށް ޖޭޕީން ވަނީ މެންބަރު އަބްދުއްލަތީފަށް އަންގާފައެވެ.

Advertisement

ކޮމެންޓް