Advertisement

އެމްޑީޕީއިން ހުދުމުތާރު ވެރިކަމަކުން އަނެއްކާވެސް ރާއްޖެ ސަލާމަތްކޮށްފި: ނަޝީދު

29 Sep 2018 | 23:49

އެމްޑީޕީގެ މެމްބަރުންނާއި އެ ޕާޓީއަށް ތާއީދުކުރާ ފަރާތްތަކުން އަނެއްކާވެސް ހުދުމުހުތާރު ވެރިކަމަކުން ރާއްޖެ ސަލާމަތްކޮށްދީފި ކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ކުރެއްވި ޓުވީޓެއްގަ އެވެ. ރައީސް ނަޝީދު ވިދާޅުވީ، ނިމިދިޔަ ރިޔާސީ އިންތިޚާބުން ލިބުނު ކާމިޔާބީ އާއިއެކު އެމްޑީޕީއަށް ތާއީދުކުރާ ފަރާތްތަކުން، ރާއްޖެ ހުދުމުހުތާރު ވެރިކަމަކުން ސަލާމަތްކޮށްދީފި ކަމަށެވެ. އަދި އެއީ އެ ޕާޓީގެ މެމްބަރުންގެ ބުރަ މަސައްކަތްކަން ފާހަގަކުރައްވާ ރައީސް ނަޝީދު ވިދާޅުވީ، އެހެންކަމުން ދިވެހި ތާރީޚުން އެފަރާތްތަކުގެ މަސައްކަތް ދުވަހަކުވެސް ފުހެވިގެން ނުދާނެ ކަމަށެވެ.

މިމަހުގެ 23 ވަނަ ދުވަހު ބޭއްވި ރިޔާސީ އިންތިހާބުގެ ރަސްމީ ނަތީޖާ އިއުލާނުކޮށްފައިވާއިރު މިހާރުގެ ރައީސް އަބްދުﷲ ޔާމީނާއި ވާދަކުރައްވާ ތަފާތު ބޮޑު ނަތީޖާއަކުން އެ އިންތިހާބު ކާމިޔާބު ކުރައްވާފައިވަނީ އިބްރާހިމް މުހައްމަދު ސޯލިހެވެ.

އިލެކްޝަނުން އިއުލާން ކުރި ދާއިމީ ނަތީޖާގައިވާ ގޮތުން ރައީސް އަބްދުﷲ ޔާމީނަށް ލިބިވަޑައިގަތީ 96052 ވޯޓެވެ. އެއީ 41.60 އިންސައްތައެވެ. އިދިކޮޅު ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހަށް ލިބިވަޑައިގެންނެވީ 134705 ވޯޓެވެ. އެއީ 58.40 އިންސައްތަ ވޯޓެވެ. ސައްހަ ވޯޓުގެ އަދަދަކީ 230،757 އެވެ.

Advertisement

ކޮމެންޓް