ރައީސް ޔާމީންގެ ދިފާއުގައި ޤާސިމް ނިކުމެއްޖެ

18 Jan 2019 | 22:52

ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ސަރުކާރު ކޯލިޝަންގެ އެއް ބައިވެރިޔާ ޤާސިމް އިބްރާހިމް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ގެ ދިފާއުގައި ވާހަކަފުޅު ދައްކަވައިފިއެވެ.

ގާސިމް މިފަދައިން ވާހަކަދައްކަވާފައި މިވަނީ ޖުމްހޫރީ ޕާޓީގެ ޖަގަހައިގައި ކުރީގެ އެކްޓީން ކޮމިޝަނަރ އޮފް ޕޮލިސްގެ މަޤާމުގައި ހުންނެވި ނަވާޒް ޖޭޕީއަށް ސޮއި ކުރުމުގެ ރަސްމީޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ޤާސިމް އިބްރަހިމް ވިދާޅުވިގޮތުގައި ރައީސް ޔާމީންއަށްވެސް ހަމަހަމަ ފުރުސަތު އޮންނަން ޖެހޭކަމަށާއި ޔާމީން ވެސް ކުށެއް ކުރައްވާފައިވާ ނަމަ ގާނޫނު އަރާ ހަމަކުރާނެ ކަމަށާއި، ނަމަވެސް ވަކި ކަމެއް ވަކި ގޮތަކަށް ބައްޓަން ކޮށްގެން ކަންކަން ކުރުމަކީ ގަބޫލުފުޅު ކުރެއްވޭނެ ކަމެއް ނޫން ކަމަށެވެ. އަދި ބަދަލު ހިފަން އުޅުމުން ހަމަޖެހުމެއް ނުލިބޭނެކަމަށް ވެސް އެމަނިކުފާނުވަނީ ވިދާޅުވެފައެވެ.

ޤާސިމްގެ ވާހަކަ ބޮޑަށް އަލި އަޅުވާލާފައިވަނީ ރައީސް ޔާމީނަށް ތާއީދު ކުރައްވާ ބޭފުޅުން، ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ނަމުގައި އާ ސިޔާސީ ޕާޓީއެއް އުފައްދަން ކުރަމުން އަންނަ މަސައްކަތައް އިލެކްޝަންސްއިން ކޮމިޝަނުން ގެންގުޅޭ އުސޫލްތަކާ ބެހޭގޮތަށެވެ.

"ރަޖިސްޓަރީ ކުރަން ޕާޓީއެއް ހުށަހެޅީމާ އިލެކްޝަންސް ކޮމިޝަންގެ ތެރެއިން އެކަން ހިފަހައްޓައި [ހެދުމަކީ] އަޅުގަނޑު ގަބޫލު ކުރާ ކަމެއް ނޫން. ގާނޫނުގެތަކުގެ ތެރެއިން ކޮންމެ މީހަކަށް ވެސް ލިބެންޖެހޭ ހައްގުތައް ދޭން ޖެހޭނެ. ވަކި މީހެއްގެ ގައުމެއް ނޫން މި ގައުމަކީ،" ޤާސިމް އިބްރާހިމް ވިދާޅުވިއެވެ.

މަޖިލިސް ރައީސްކަންވެސް ކުރައްވަމުން އަންނަ ޤާސިމް އިބްރާހިމް ވިދާޅުވިގޮތުގައި ޔާމީނަށް އަނިޔާއެއް ލިބެން އެދިވަޑައިނުގަންނަވާކަމަށެވެ.

މިފަހަކަށް އައިސް ޕީއެންސީ އަސް ނިސްބަތްވެވަޑައިގަންނަވާ ބޭފުޅުން ގެންދަވަނީ ޤާސިމް އިބްރާހިމްއަށާއި، އަނބިކަނބަލުން އައިސަތު ނަހުލާއަށް ވަރަށް ބޮޑަށް ތައުރީފްކޮށް ތާއިދުކުރައްވަމުންނެވެ.

އަދި ޖޭޕީގެ ޓިކެޓްގައި ވިލިފުށި ދާއިރާއަށް ވާދަކުރައްވާ ރިޔާޒް ރަޝީދާށް ތާއިދުކުރުމަށް ރައީސް ޔާމީން ވަނީ ނިންމަވާފައިކަން ފާހަގަކޮށްލަންޖެހެއެވެ.

Advertisement

ކޮމެންޓް

Advertisement