Advertisement

ޖާސޫސީބޭނުމަކު ޗައިނާ ސަރުކާރުން ދުވަހަކުވެސް ނޭދޭކަމަށް ހުވާވެއިގެ ވެރިޔާ ބުނެފި

16 Jan 2019 | 12:40

ޗައިނާ ސަރުކާރުން ދުވަހަކުވެސްސަރުކާރުން ދުވަހަކުވެސް އޭނާގެ ކޮމްޕެނީގެ ފޯން ބޭނުންކުރާ މީހުންނަށް ސްޕައިކުރަން އެހީއަށް ނޭދޭކަމުގައި ދުނިޔޭގެ ދެވަނައަށް އެންމެ ބޮޑު ޓެލެކޮމިއުނިކޭޝަނާއި މޯބައިލްފޯން އުފައްދާ ޗައިނާގެ ހުވާވެއި ކުންފުނީގެ ބާނީ ވިދާޅުވެއްޖެއެވެ.

މީޑިއާ ވަރަށް މަދުން ނޫނީ ބައްދަލުނުކުރާ މިސްޓަރ ރެނރެންގ ހެންފެއި ބޭރުގެ ނޫސްވެރިންނާ ބައްދަލުކޮށްބުނީ ކެނެޑާއިން ހައްޔަރުކޮށްފައިވާ އޭނާގެ އަންހެން ދަރިފުޅުގެ މަތިން ވަރަށް ބޮޑަށް ހަނދާންވާކަމުގައެވެ.

ކެނެޑާއިންވަނީ ހުވާވެއިގެ ޗީފް ފައިނޭންޝިއަލް އޮފިސަރ މިސް މެންގް ވެންހޫ އެމެރިކާއިން އެދިގެން ހައްޔަރުކޮށްފައެވެ. އެއީ އެމެރިކާއިން ދަތިކުރުމުގެ ފިޔަވަޅު އަޅާފައިވާ އީރާނާ މުއާމަލާތުކުރިކަމަށް އެމެރިކާއިން ކުރާ ތުހުމަތުތަކަކާގުޅިގެންނެވެ.

އަނެއްކޮޅުން ޗައިނާއަށް މަސްތުވާތަކެތި އެތެރެކުރި މީހެއްގެ މައްޗަށް ކޮށްފައިވާ 15 އަހަރުދުވަހުގެ ޖަލު ހުކުމް އެއީ މާލުއި ހުކުމެއްކަމަށް ޕްރޮސެކިއުޓަރުން ކޯޓްގައި އެދިގެން އަލުން ޝަރީއަތް ކޮށް މަރަށް އިއްވި ހުކުމާއިގުޅިގެން ކެނެޑާއިން ކިޔާފައިވާ ފާޑުކިއުންތަކަށް ޗައިނާއިން ރައްދުދީފިއެވެ. 222 ކިލޯގްރާމްގެ މަސްތުވާތަކެތި އެތެރެކުރި މިމަސަލާގައި 2014 ވަނަ އަހަރު ޗައިނާގެ ދެމީހެއްގެ މައްޗަށްވެސް ހުކުމްކޮށްފައިވެއެވެ. އެކެއްގެ މައްޗަށް މަރުގެ ހުކުމް އަނެކަކުގެ މައްޗަށް އުމުރަށް ޖަލަށްލުމަށް ހުކުމްކޮށްފައިވާއިރު އެފަހަރު ކެނެޑާ މީހާގެ މައްޗަށް އިއްވީ 15 އަހަރުގެ ޖަލު ހުކުމެކެވެ.

އޭނާގެ މައްސަލަ އަލުން ބަލައި މަރަން ހުކުމްކުރުމުން ކެނެޑާގެ ބޮޑުވަޒީރު ވިދާޅުވެފައިވަނީ ކެނެޑާމީހުންގެ މައްޗަށް އިންސާފެއްނެތި މަރުގެ ހުކުމް އިއްވާކަމަށް އޭނާ ވަރަށް ބޮޑަށް ކަންބޮޑުވާކަމަށެވެ. ޗައިނާއަށް ދަތުރުކުރުމުގައި ވަރަށް ބޮޑަށް ރައްކާތެރިވެގެން އުޅުމަށް ކެނެޑާމީހުންނަށް އެގައުމުގެ ސަރުކާރުންވަނީ ޓްރެވަލް އެޑްވައިޒަރީއެއްވެސް ނެރެފައެވެ.

ކެނެޑާގެ ބޮޑުވަޒީރުގެ ވާހަކަތަކަށް ރައްދުދެމުން ޗައިނާގެ ޚާރިޖިއްޔާއިން ބުނެފައިވަނީ ޗައިނާއަށް މަސްތުވާތަކެތި އެތެރެނުކުރަން ކެނެޑާ ރައްޔިތުންނަށް ނަސޭހަތްތެރިވުން މާ ރަނގަޅުކަމަށެވެ.

މުރާސިލުން ބުނާގޮތުގައި ވާވެއިގެ ޗީފް ފައިނޭންޝަލް އޮފިސަރ އެމެރިކާ އެދިގެން ކެނެޑާއިން ހައްޔަރުކުރި މައްސަލާގައި ޗައިނާއިން ވަނީ ވަރަށް ބޮޑަށް ރުޅިއައިސްފައެވެ. އޭނާ ދޫނުކޮށްފިނަމަ އެކަމުގެ ރައްދުބަދަލު ކެނެޑާއިން ކުރިމަތިލާންޖެހޭނެކަމަށް ޗައިނާއިންވަނީ އިންޒާރުކޮށްފައެވެ.

ދެގައުމު ދެމެދުގައި އުފެދިގެން މިއުޅޭ މައްސަލާގައި އަދި ޗައިނާއިން މިހާރު ހައްޔަރުކޮށްފައިވާ ދެމީހުން ދޫކޮށްލުމުގައި ޔޫރަޕާއި އެމެރިކާގެ ތާއީދު ލިބޭތޯ ކެނެޑާއިން ދަނީ މަސައްކަތްކުރަމުންނެވެ.

Advertisement

ކޮމެންޓް