ވެހިކަލްތަކުގައި ސްޓިކާ ޖެހުން ހުއްޓާލައިފި

16 Jan 2019 | 22:14

ގަވާއިދާއި ޚިލާފަށް ޕާކްކުރާ ވެހިކަލްތަކުގައި ޖަހާ ސްޓިކަރ ޖެހުން ހުއްޓާލުމަށް ފުލުހުން ނިންމައިފިއެވެ.

ވެހިކަލްތަކުގައި ސްޓިކަރ ޖެހުން ހުއްޓާލާފައިވާކަން އެކްޓިންގް ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދުވެސް ވަނީ ޔަގީންކޮށްދެއްވާފައެވެ.

ދައުލަތުގެ މީޑިޔާ ޕީއެސްއެމްއާއި ވާހަކަފުޅު ދައްކަވަމުން ހަމީދު ވިދާޅުވީ ޕާކް ކުރާނެ ޖާގަ ތަނަވަސްކޮށްނުދީ ފުލުހުން ނިކުމެ ވެހިކަލްތަކުގައި ސްޓިކާ ޖެހުމަކީ ޤަބޫލުކުރެވޭ އުސޫލެއް ނޫން ކަމަށެވެ. އެހެންކަމުން ސަރުކާރުގެ އެދުމަށް އެކަން ހުއްޓާލާފައިވާކަމަށް އެކްޓިންގް ސީޕީ ހަމީދު ވިދާޅުވިއެވެ.

ސައިކަލްތަކުގައި ސްޓިކަރ ޖެހުން ހުއްޓާލިކަމުގައި ވިޔަސް، ލައިސަންސް ނެތި އުޅަނދު ދުއްވުމާއި، ޤަވާއިދާ ޚިލާފަށް ބާރު ސްޕީޑްގައި ދުއްވާފަދަ ފަރާތްތަކަށް ފިޔަވަޅު އެޅުން ކުރިއަށްދާނެކަމަށް ހަމީދު ވަނީ ބަޔާންކުރައްވާފައެވެ.

ފާހަގަ ކުރެވޭ ގޮތުގައި މާލެ ސިޓީ ކައުންސިލުން ފަހަކަށް އައިސް ދަނީ މާލޭގެ ޕާކިންގް މައްސަލައަށް ހައްލުތަކެއް ގެނައުމަށް މަސައްކަތްކުރަމުންނެެވެ.

Advertisement

ކޮމެންޓް