ހުއްދަ ނެތި ފްލެޓް ނުވިއްކަން އެޗްޑީސީން އަންގައިފި

16 Jan 2019 | 23:39

ހައުސިންގް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ހުއްދަ ދީފައިވާ ކުންފުނިތައް ފިޔަވައި އެހެން ކުންފުނިތަކުން ހުޅުމާލެގައި ފްލެޓް ނުވިއްކުމަށް އެކުންފުނިން އަންގައިފިއެވެ.

އެޗްޑީސީން މިހެން އަންގާފައިވަނީ އެކުންފުނިން މިއަދު ނެރުނު ބަޔާނެއްގައެވެ.

އެ ބަޔާނުގައި އެޗްޑީސީން ބުނީ ކަނޑައެޅިފައިވާ މިންވަރަށް އިމާރާތުގެ މަސައްކަތް ނިމުމުގެ ކުރިން ހައުސިން ޔުނިޓްތައް ވިއްކުމުގެ ކަންކަން ކުރިއަށް ގެންދިޔުމާއި ބުކިން ފީގެ ގޮތުގައި ހުއްދަ ކުރެވިފައިވާ މިންވަރަށްވުރެ އިތުރަށް ނެގުމަކީ، ކަނޑައެޅިފައިވާ އުސޫލުތަކާއި ޚިލާފްކަމެއް ކަމަށެވެ.

ހައުސިންގް ޑިވެލޮޕްމެންޓް ކޯޕަރޭޝަނާއެކު ވެފައިވާ އެއްބަސްވުމުގައިވާ ގޮތުން "ޑިވެލޮޕްމަންޓް އެންޑް ސޭލް ރައިޓްސް"ގެ ދަށުން އިމާރާތް ކުރާ ފަރާތްތަކުން ހައުސިން ޔުނިޓްތައް ވިއްކުމުގެ ކަންކަން ކުރިއަށް ގެންދެވޭނީ އެއްބަސްވުމުގައި ކަނޑައެޅިފައިވާ އުސޫލުގެ މަތިން ވަކި މިންވަރަކަށް އިމާރާތް ތަރައްގީކޮށް ނިމުމުން، އެ ކޯޕަރޭޝަނުގެ ހުއްދަލިބިގެން ކަމަށްވެސް ބަޔާނުގައި ވަނީ ފާހަގަކޮށްފައެވެ.

މިފަދަ ކަންކަން ފުރިހަމަވެފައިވޭތޯ ބެލުމަށް އެކުންފުނިން ވަނީ އާންމު ފަރުދުންނަށް އިލްތިމާސްކޮށްފައެވެ.

Advertisement

ކޮމެންޓް

Advertisement