Advertisement

އދ.ގެ ކޮންމެ ތިން މުވައްޒަފަކުން އެކަކީ ޖިންސީ ފުރައްސާރަ ލިބިފައިވާ ފަަރާތެއް!

17 Jan 2019 | 11:51

ދުނިޔޭގައި އަންހެނުންނަށް ކުރާ ގޯނާތަކާއި އަނިޔާތަކާއި ދެކޮޅަށް އެންމެ ބޮޑަށް ވަކާލާތުކުރާ އެއް ޖަމްއިއްޔާކަމުގައިވާ އދ.ގެ މުވައްޒިފުންގެ ތެރެއިން ކޮންމެ ތިން މީހަކުން އެކަކީ މަސައްކަތުގެ މާހައުލުގެ ތެރެއިން ޖިންސީ ފުރައްސާރައިގެ ޝިކާރައަކަށް ވެފައިވާ ފަރާތެއްކަމަށް އދ.ގެ މުވައްޒަފުންގެ މެދުގައި ހެދި ދިރާސާއަކުން ދައްކައިފިއެވެ.

މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައި އދ.ގެ މުވައްޒިފުންގެ މެދުގައި އޮންލައިންކޮށް ނެގުނު މި ދިރާސާގެ ރިޕޯޓް އާންމުކޮށްފައިވާއިރު، އޭގައި ބައިވެރިވެފައިވަނީ އދ.ގެ މަދު މުވައްޒިފުންތަކެއްކަމަށް ވަނީ ފާހަގަކޮށްފައެވެ.

މި ދިރާސާގެ ނަތީޖާއިން ދައްކާ ގޮތުގައި ބައިވެރިންގެ ތެރެއިން 21.7 އިންސައްތަ ފަރާތަށް ވަނީ ޖިންސީގޮތުން ފުރައްސާރަ ވާފަދަ ވާހަކަަތަކާއި ޖޯކްތަކާއި ކުރިމަތިލާންޖެހިފައެވެ. އަދި 14.2 އިންސައްތަ ފަރާތަށްވަނީ ހަށިގަނޑު ހުރި ގޮތާއި މެދު ނުރަނގަޅު ނުވަތަ ބޭއަަދަބީ ކޮމެންޓްތައް ލިބިފައެވެ.

ފާހަގަކޮށްލެވޭ ގޮތުގައި މި ދިރާސާގެ ބައިވެރިންނަށް ޖިންސީ ފުރައްސާރަ ކުރި ފަރާތްތަކުގެ ތެރެއިން ކޮންމެ ތިންމީހަކުން ދެމީހުންނަކީ އަންހެނުންނެވެ.

މި ދިރާސާގެ ނަތީޖާއާއި ގުޅިގެން އދ.ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރޭޒްވަނީ ކަންބޮޑުވުން ފާޅުކުރައްވައި ޖިންސީ ފުރައްސާރައިގެ ވާހަކަތައް މިއަށްވުރެ ބޮޑަށް ހުޅުވާލެވިފައިވާ މާހައުލެއްގައި ދެއްކެން ޖެހޭނެކަމަށް ވިދާޅުވެފައެވެ.

Advertisement

ކޮމެންޓް

Advertisement