Advertisement

އަސްކަރީ ބައެއް ދާއިރާތަކުގައި ޗައިނާއަކީ ދުނިޔޭގެ އެއްވަނަ: ޕެންޓަގަން

17 Jan 2019 | 10:30

އަސްކަރީ ޓެކްނޮލޮޖިީގެ ބައެއް ދާއިރާތަކުގައި ޗައިނާއަކީ ދުނިޔޭގެ އެއްވަނަކަމަށް އެމެރިކާގެ އަސްކަރިއްޔާ، ޕެންޓަގަންއިން ބުނެފިއެވެ.

ޕެންޓަގަން އިން މިހެން ބުނެފައިވަނީ އެ އިދާރާއިން އާންމުކުރި ރިޕޯޓެއްގައެވެ.

ޕެންޓަގަންގެ ރިޕޯޓްގައި ފާހަގަކޮށްފައިވާ ގޮތުގައި މި ކުރިއެރުންތަކަށް އެންމެ ބޮޑު އެހީތެރިކަމެއް ފޯރުކޮށްދެނީ ޗައިނާއަށް އިންވެސްޓްކުރާ ބޭރުގެ ފަރާތްތަކަށް އެމީހުންގެ ޓެކްނޮލޮޖީގެ ވަސީލަތްތައް، ޗައިނާގެ ސަރުކާރާއި ހިއްސާކުރަންޖެހޭފަަދަ ގޮތަކަށް ގަވާއިދުތައް އޮތުމެވެ.

މިކަމުގެ ސަބަބުން އެއްގަމާއި، ކަނޑާއި، ވަޔާއި އަދި ޖައްވުގައި އެހެން ގައުމުތަކާއި އަޅާބަލާއިރު ޗައިނާއަށް އަސްކަރީ ކާމިޔާބީތައް މަގުފަހިވެފައިވާކަމަށް ރިޕޯޓްގައި ވަނީ ބުނެފައެވެ. މިކަމުގެ ސަަބަބުން އެގައުމުން އެގައުމު ބޭނުންވާ ގޮތް އެހެން ގައުމުތަކުގެ މައްޗަށް ފޯރުވުމުގެ ބާރު ވަރުގަދަވެގެންދާނެކަމަށް ރިޕޯޓްގައި ވަނީ ފާހަގަކޮށްފައެވެ.

ޗައިނާ އަސްކަރީ ގޮތުން ވާދަކުރާ އެންމެ ބޮޑު އެއްގައުމަކީ އެމެރިކާއެވެ.

Advertisement

ކޮމެންޓް