ވިޝާމާގެ މަރުގެ މައްސަލައިގައި މީހަކު ހައްޔަރުކޮށްފި

17 Jan 2019 | 13:10

މި މަހުގެ 11 ވަނަަ ދުވަހު ހުޅުމާލޭގައި މަރުވި އައިޝަތު ވިޝާމާގެ މަރުގެ މައްސަލައިގެ ތަހުގީގަށް މީހަކު ހައްޔަރުކޮށްފިއެވެ.

މީޑިޔާތަކަށް މައުލޫމާތުދެމުން ފުލުހުން ބުނީ ހުޅުމާލޭގައި ހިނގި ކުއްލި މަރުގެ މައްސަލައާއި އާއި ގުޅިގެން އެކަކު ހައްޔަރު ކުރެވިފައިވާ ކަމަށެެވެ.

މާލެ އަދި ހުޅުމާލޭގައި ހިނގި ކުއްލި މަރުގެ މައްސަލަ ވެސް ތަޙްޤީޤު އަދިވެސް ކުރިއަށް ދާކަމަށާއި އިތުރު މައުލޫމާތު ލިބުމުން ހިއްސާކުރާނެކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ވިޝާމާގެ މަރާއި ގުޅިގެން އާންމުންގެ މެދުގައި ދަނީ އެކި ގޮތްގޮތަށް ވާހަކަ ދެކެވެމުންނެވެ.

ނަމަވެސް އޭނާގެ އާއިލާގެ ފަރާތުން ވޮއިސްއަށް މައުލޫމާތުދިން މީހަކު ބުނީ ވިޝާމާ މަރުވީ ޑްރަގް އޯވަޑޯޒްވެގެން ނޫންކަމަށާއި ފިޓްޖެހިގެންކަން ޓްރީޓޮޕް ހޮސްޕިޓަލުންވެސް ޔަގީންކޮށްދީފައިވާކަމަށެވެ. އަދި އޯވަޑޯޒްވެފައިވާ ވާހަކަ ފުލުހުންވެސް ބުނެފައި ނުވާކަމަށް އާއިލާއިން ވަނީ ބުނެފައެވެ.

ވިޝާމާ ހޮސްޕިޓަލަށް ގެންދިއުމަށްޓަކައި އެންބިއުލާންސްއަށް ގުޅީ އޭނާގެ ތިން ރަހުމަތްތެރިން ކަމަށް އާއިލާގެ ފަރާތުން ވަނީ ވޮއިސްއަށް މައުލޫމާތު ދީފައެވެ. ވިޝާމާ އެންބިއުލާންސްއަށް އެރުވި ހިސާބުން މި ތިން ރަހުމަތްތެރިން "ގެއްލިފައިވާ" ކަމަށް އާއިލާގެ ފަރާތުން މައުލޫމާތު ދިން މީހާ ވަނީ ބުނެފައެވެ.

Advertisement

ކޮމެންޓް