އެންމެ ބޮޑު މައްސަލައަކީ ކައިވެނިން ބޭރުން އަންހެނުންނަށް ދަރިން ނުލިބޭ ގޮތް ނުހެދޭ މައްސަލަ - ރައީސް ނަޝީދު

18 Jan 2019 | 07:08

އެންމެ ބޮޑު މައްސަލައަކީ ކައިވެނިން ބޭރުން އަންހެނުންނަށް ދަރިން ނުލިބޭ ގޮތް ނުހެދޭ މައްސަލަ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މާފަންނު ދެކުނު ދާއިރާގެ އެމްޑީޕީ ޕްރައިމަރީގައި ވާދަކުރައްވާ ހަތަރު ކެންޑިޑޭޓުންގެ ކެމްޕެއިން ފެށުމަށް ރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.

''މަންމައިންނަށް ބާތު ކޮންޓްރޯލް ނެހެދޭކަން. ނުވިހާގޮތް މިހެދެނީ މީހަކާ ކައިވެނިކޮށްގެން. މިހުރިހާ މައްސަލައަކީ ކައިވެނިނުކޮށް ދަރިން ހޯދުނީތީވެ. ދެންހަމަ ދާ ކޮންމެ ފަހަރަކު އެބަބުނޭ އެހެނެއް ނަހަދައިދެވޭނެއޭ. އަޅުގަނޑު އެބަދަން ވަރަށްގިނަ ކުދިން ވިހާތަނަށް. ކޮންމެ ފަހަރަކު އެބަބުނޭ އެހެނެއް ހަދައެއް ނުދެވޭނެއޭ އޭނަ މީހަކާ އިނދެގެނޭ ނުވިހާގޮތް ހެދޭނީ. ދެން އޮތީ އަޅުގަނޑު އެއިން ކޮންމެ މީހަކާ އިނުން. އެނޫން ގޮތެއްނެތް.'' ނަޝީދު ވިދާޅުވިއެވެ.

ނަޝީދުގެ މިވާހަކައަށް ދަނީ ރާއްޖޭގެ ގިނަ އަދަދެއްގެ ދީނީ އިލްމުވެރިން ފާޑު ވިދާޅުވަމުންނެވެ.

Advertisement

ކޮމެންޓް