Advertisement

ނޭމާގެ 2 ލަނޑާއެކު ޕީއެސްޖީ ލީގުގައި މޮޅުވަމުން އައި އައުން ދަމަހައްޓައިފި

30 Sep 2018 | 07:25

ޕްރެންޗް ލީގުގައި ނީސްއާއި ބައްދަލުކުރި މެޗު 3 ލަނޑު 0 ލަނޑުން ކާމިޔާބުކޮށް ފްރެންޗް ލީގުގައި ޕީއެސްޖީ އިން ލީގުގައި މޮޅުވަމުން އާއި އައުން ދަމަހައްޓައިފިއެވެ.

ޕީއެސްޖީގެ ފަރާތުން ފެނުނު 3 ލަނޑުގެ ތެރެއިން 2 ޖަހާފައިވަނީ ދުނިޔޭގެ އެންމެ އަގުބޮޑު ކުޅުންތެރިޔާ ނޭމާއެވެ. އެނެއް ލަނޑު ޖަހައިދިނީ ކްރިސްޓޮފަރއެވެ.

މެޗުގެ 59 ވަނަ މިނެޓުގައި ނީސްގެ ސައިޕްރިއެން އަށް 2 ރީނދޫކާޑް ހަމަވުމާއި ގުޅިގެން ރަތް ކާޑު ދައްކާ އޭނާވަނީ ދަނޑުން ފޮނުވާލާފައެވެ.

8 މެޗުން މޮޅުވެ ޕީއެސްޖީއިން ތާވަލުގެ 1 ވަނައިގަ އޮތީ 9 ޕޮއިންޓްގެ ތަފާތަކުއެވެ. 

Advertisement

ކޮމެންޓް