މަޖިލިސްގެ އަޣްލަބިއްޔަތު އެމްޑީޕީން ހޯދަންޖެހޭނެ: ނަޝީދު

19 Jan 2019 | 00:52

ކުރިއަށް އޮތް މަޖިލިސް އިންތިޚާބުގައި މަޖިލިސްގެ އަޣްލަބިއްޔަތު ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ އެމްޑީޕީން ނަގަންޖެހޭނޭކަމަށާއި އެކަމަކީ ރާއްޖޭގެ އެއްވެސް ރައްޔިތަކަށް މިއަދު އޮޅިފައިވާކަމެއްނޫންކަމަށް އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވާދަކުރާ ކެންޑިޑޭޓުން ހޮވުމަށް ބޭއްވި ޕްރައިމަރީގެ ނިމުން ފާހަގަކުރުމަށް ރައީސް އިބްރާހިމް މުހައްމަދު ސާލިހްވެސް ބައިވެރިވެވަޑައިގެން ރަސްމިއްޔާތެއްގައި މިރޭ ވާހަކަފުޅު ދައްކަވަމުން ނަޝީދު ވިދާޅުވީ އެއަޣްލަބިއްޔަތު އެމްޑީޕީން ނަގާނެކަމަށާއި އެކަމަށްޓަކައި ޕާޓީ މިހާރު މިއޮތީ ތައްޔާރުވެ ކެންޑިޑޭޓުން ކަނޑައަޅާފައިކަމަށް ވިދާޅުވިއެވެ. ނަޝީދު ވިދާޅުވީ އެމްޑީޕީއަށް އިންތިޚާބު ކާމިޔާބުވާނީ ސަރުކާރުން ހިންގާ ތަރައްގީގެ މަސައްކަތްތަކާއި ވައުދު ފުއްދަވަމުންގެންދަވާ މިންވަރާއިވެސް ގުޅިގެންނެވެ.

ނަޝީދަކީވެސް އެމްޑީޕީގެ ޕްރައިމަރީ ކާމިޔާބު ކުރެއްވި ބޭފުޅެކެވެ. އެމަނިކުފާނު ވާދަކުރެއްވީ މައްޗަންގޮޅީ މެދުދާއިރާއަށެވެ.

Advertisement

ކޮމެންޓް