އެމްޑީޕީގެ ބޮޑުބަޔެއް މަޖިލީޙުގައި އޮންނަންޖެހޭ: ރައީސް ސޯލިހް

19 Jan 2019 | 13:46

ސަރުކާރުން ވެފައިވާ ވައުދުތައް ފުއްދުމަށް ރައްޔިތުންގެ މަޖިލީހުގައި އެމްޑީޕީގެ ބޮޑުބަޔެއް އޮންނަން ޖެހޭނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ އެމްޑީޕީގެ ޕްރައިމަރީ އަށް ފަހު ޕާޓީގެ ހަރުގޭގެ ކުރިމަތީގައި، ރޭ ބޭއްވި ހަފްލާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ސޯލިހް ވިދާޅުވީ ރިޔާސީ އިންތިހާބުގައި ލިބުނު ކާމިޔާބީގެ ބޮޑުބައެއް ހިއްސާ ކުރީ އެމްޑީޕީއިންކަމަށާއި އެކަމުގައި އެންމެ ބުރަކޮށް އުޅުއްވީ އެމްޑީީޕީގެ މެންބަރުންކަމަށެވެ.

އެހެން ކަމުން ސަރުކާރުން ވެފައިވާ ވައުދުތައް ފުއްދުމަށްޓަކައި ރައްޔިތުންގެ މަޖިލީހުގައި އެމްޑީޕީގެ ބޮޑު ބައެއް އޮންނަން އެބަ ޖެހޭނެކަމަށް އެމަނިކުފާނު ވަނީ ފާހަގަކުރައްވާފައެވެ.

" ރައްޔިތުންނަށް ވީ ވައުދުތަކުގެ ބޮޑު ބައެއް ފުއްދޭނީ މަޖިލީހުގައި ސަރުކާރަށް ތާއީދު ކުރާ ހާއްސަކޮށް، އެމްޑީޕީގެ މެންބަރުންގެ ބޮޑު ބައެއް މަޖިލީހުގައި ތިބެގެން" ރައީސް ސޯލިހް ވިދާޅުވިއެވެ.

މީގެއިތުރުން ރައީސްވަނީ ރައްޔިތުންގެ މަޖިލިސް އިންތިޚާބު ކާމިޔާބު ކުރުމަށް ވަރަށް ގިނަ މަސައްކަތްތަކެއް ކުރަން ޖެހޭކަމަށް ވިދާޅުވެފައެވެ. އަދި ހަމައެހެންމެ، މިއަދުގެ ޕްރައިމަރީ އަކީ ޑިމޮކްރަސީގެ ނަމޫނާ ހަރަކާތެއްގެ ގޮތުގައިވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Advertisement

ކޮމެންޓް

Advertisement