ވާދަވެރި ނަޕޯލީ ބަލިކޮށް ޔުވެންޓަސް ފަރަގު ބޮޑުކޮށްފި

30 Sep 2018 | 08:27

ފަހަތުން އަރައި ނަޕޯލީ ބަލިކޮށް އިޓަލީ ލީގުގައި ޖެހިޖެހިގެން ހަތް މެޗުން މޮޅުވެ ޔުވެންޓަސް ތާވަލުގެ އެއްވަނައިގަ ހަ ޕޮއިންޓުގެ ލީޑެއް ނަގައި ހަމަޖެހިލައިފިއެވެ. ފޯރި ގަދަ މި މެޗުގައި ކުރި ހޯދާފައިވަނީ ޑިރިއެސް މަރޓެންސްގެ ލަނޑުން ނަޕޯލީއެވެ.

ރޮނާލްޑޯއަށް މިމެޗުގައި ލަނޑެއް ނުޖެހުނު ކަމުގައި ވިއަސް ޔުވެންޓަސް ޖެހި ތިން ލަނޑުގައިވެސް އޭނާގެ ހިއްސާ ވަރަށް ބޮޑެވެ. މިގޮތުން ޔުވެންޓަސްއަށް މެޗުގެ ނަތީޖާ އެއްވަރުކޮށް ލަނޑަކީ ރޮނާލްޑޯދިން ބޯޅައަކުން މަންޒޫކިކް ޖަހައިދިން ލަނޑެކެއެވެ.

މެޗުގައި ޔުވެންޓަސް ކުރި ހޯދީ ރޮނާލްޑޯ ފޮނުވާލި ހަމަލާއެއް ގޯލް ދަނޑީގައި ޖެހިފައި ނުކުތުމުން މަންޒޫކިކް ގޯލު ތެރެއަށް ވައްދާލައިގެންނެވެ.

ދެވަނަ ހާފުގެ 58 ވަނަ މިނެޓުގައި ނަޕޯލީގެ މާރިއޯ ރުއީއަށްވަނީ ދެ ރީނދޫ ކާޑް ހަމަވުމާއި ގުޅިގެން ރަތްކާޑު ދައްކާފައެވެ.

ދިހަ ކުޅުންތެރިންނާއެކު ކުޅެމުން ދިޔަ ނަޕޯލީކޮޅަށް ޔުވެންޓަސްގެ ތިންވަނަ ލަނޑު ޖަހާފައިވަނީ ރޮނާލްޑޯ ދިން ބޯޅައަކުން ޑިފެންޑަރު ބޮނޫޗީއެވެ. 

Advertisement

ކޮމެންޓް

Advertisement