މެކްޑޮނަލްޑްސްގެ ބަރގާތައް ތައްޔާރު ކުރުމުގައި އާޓިފިޝަލް މާއްދާތައް ބޭނުންކުރުން ހުއްޓާލަނީ

30 Sep 2018 | 10:22

މެކްޑޮނަލްޑްސް ބަރގާތައް އުފެއްދުމުގައި އާޓިފިޝަލް މާއްދާތައް ބޭނުންކުރުން ހުއްޓާލަން ނިންމައިފިއެވެ. މަޝްހޫރު ފާސްޓް ފުޑް ޗެއިން މެކްޑޮނަލްޑްސްގެ މި ނިންމުމުގެ ސަބަބުން ސިއްހަތައް ބަލައިގެން އުޅޭ ކަސްޓަމަރުން އިތުރުވާނެކަމަށް މެކްޑޮނަލްޑްސްއިން އުންމީދު ކުރެއެވެ.

މި ނިންމުމާއި ގުޅިގެން ހޭމް ބަރގާ، ޑަބަލް ޗީސް ބަރގާ، ކުއަރޓަރ ޕައުންޑަރ ވިތް ޗީސް، ޑަބަލް ކުއަރޓަރ ޕައުންޑަރ ވިތް ޗީސް، އަދި ބިގް މެކް ބަރގާތައް ތައްޔާރު ކުރުމުގައި އާޓިފިޝަލް ރަހަތަކާއި ކުލަތައް ބޭނުން ކުރުން ހުއްޓާލާނެއެވެ.

މި ބަދަލުތަކާއި ގުޅިގެން ބަރގާގެ ބަނަސްގަނޑުން ފެށިގެންގޮސް ބޭނުން ކުރާ ސޯސްތަކަށްވެސް އޭގެ އަސަރު ކުރާނެއެވެ.

މެކްޑޮނަލްޑްސްގެ މިސްރާބު މިހާރު ހުރީ ސިއްހަތާއި ރަހުމަތްތެރި ރަނގަޅު ކާނާ ތައްޔާރު ކުރުމާއި ދިމާލަށެވެ. ޓާކޯ ބެލް، ސަބްވޭ އަދި ޕަނޭރާ ބްރެޑްއިން ވަނީ އެތަންތާނގެ ކާނާތަކުގައި އާޓީފިޝަލް މާއްދާތައް ބޭނުން ކުރުން ހުއްޓާލާފައެވެ.

2016 ވަނަ އަހަރު މެކްޑޮނަލްޑްސްއިން ވަނީ މެކް ނަގެޓްސް ތައްޔާރުކުރުމުގައި ބޭނުންކުރާ އާޓިފިޝަލް މާއްދާތައް ބޭނުންކުރުން ހުއްޓާލާފައެވެ. އަދި ހަމަ އެ އަހަރު ބަނަސްތައް ތައްޔާރު ކުރުމުގައި ބޭނުންކުރާ ހައި ފްރަކްޓޯސް ސިރަޕް ބޭނުން ކުރުންވެސް ހުއްޓާލާފައެވެ. 

Advertisement

ކޮމެންޓް