އިރާންގެ ޚާރިޖީ ވަޒީރުވެސް ޓެން އިޔަރ ޗެލެންޖް ހައްދަވައިފި

21 Jan 2019 | 10:02

ސޯޝަލް މީޑިޔާގައި މިހާރު ވައިގައި ހިފާފައިވާ ޓެން އިޔަރ ޗެލެންޖް އިރާންގެ ޚާރިޖީ ވަޒީރުވެސް ހައްދަވައިފިއެވެ.

އިރާންގެ ޚާރިޖީ ވަޒީރު ޓްވިޓަރ މެދުވެރިކޮށް މި ޓެން އިޔަރ ޗެލެންޖް ފުރިހަމަ ކުރައްވާފައިވާއިރު، މި ޗެެލެންޖް މިނިސްޓަރ ޖަވާދު ޒާރިފް އަމާޒުކުރައްވާފައިވަނީ އެމެރިކާއަށެވެ.

އެގޮތުން އެމެރިކާގެ ނޭޝަނަލް ސެކިއުރިޓީ އެޑްވައިޒަރ ޖޯން ބޮލްޓަން 2009ވަނަަ އަހަރުވެސް އަދި 2019ވަނަ އަހަރުގައިވެސް އިރާންއަށް ހަމަލާ ދޭން ގޮވާލާފައިވާ ޚަބަރުތަކެއްގެ ސްކްރީންޝޮޓް ލުމަށްފަހު ވަނީ ބޮލްޓަންއަށް ފާޑުކިޔާފައެވެ.

ޖަވާދު ޒާރިފް އެގޮތުން ވަނީ އެއީ ހަމަ އެއް ދޮގެއްކަމަށާއި އެއް ބުލީއެއްކަމަށް، ބޮލްޓަންއާއި ދިމާލަށް ވިދާޅުވެފައެވެ.

ޒާރިފްއަކީ އާންމުކޮށް ޓްވިޓަރ މެދުވެރިކޮށް އެމެރިކާގެ އޮފިޝަލުންނަށް ހަޖޫޖައްސަވާ ފަރާތެކެވެ.

Advertisement

ކޮމެންޓް

Advertisement