މަންދު ކޮލެޖް ކުރިމައްޗައް ގިނަ އަދަދެއްގެ ޒުވާނުން އެއްވެ އިބުރާ ހައްޔަރު ކުރުމަށް ގޮވާލަނީ

22 Jan 2019 | 11:46

މަންދު ކޮލެޖުގެ ވެރިޔާ އިބްރާހިމް އިސްމާއިލް (އިބްރާ) އިސްލާމްދީނުގެ ޙުކުމްތަކާއި އަދި ކީރިތި ރަސޫލާ މުހައްމަދު ޞައްލަﷲ އަލައިހި ވަސައްލަމައަށް ނިސްބަތްކޮށް ދައްކަމުންދާ ވާހަކަތަކާއި ދެކޮޅު ހެދުމުގެ ގޮތުން މަންދު ކޮލެޖުގެ ދޮރުމަތީ ގިނަ އަދަދެއްގެ ޒުވާނުން އެއްވެ އޭނާ ހައްޔަރު ކުރުމަށް ގޮވާލައިފިއެވެ.

މަޖީދީމަގުގައި ހުންނަ މަންދު ކޮލެޖުގެ ދޮރުމަތީ މިއަދު ހެނދުނު ތިންމީހަކު މަޑުކޮށްގެން ތިއްބާ އެސްއޯ ފުލުހުންވަނީ އެމީހުން ހައްޔަރުކޮށްގެން ގެންގޮސްފައެވެ.

ސުލްހަވެރިކަމާއެކު އެއްވި ތިން މީހުން ފުލުހުން ހައްޔަރު ކުރުމުން ގިނަ އަދަދެއްގެ ބަޔަކު ވަނީ އެކަމާ ނުރުހުން ފާޅުކޮށް ހިޔާލު ފާޅުކުރުމުގެ މިނިވަންކަން ލިބިދޭން ޖެހޭނެކަމަށް ބުނެ އަޑު އުފުލާފައެވެ.

މިހާރު މަންދު ކޮލެޖް ކުރިމަތީ އެއްވެފައިވާ ޒުވާނުން ވަނީ ފުލުހުން ދުރަށް ޖައްސަން ފަށާފައެވެ.

އިބްރާގެ ޓުވީޓުތަކާއެކު އެކި ފަރާތްތަކުން އަންނަނީ މަންދު ކޮލެޖް ބޮއިކޮޓް ކުރުމަށް ގޮވާލަމުން ކަން ފާހަގަކޮށްލަންޖެހެއެވެ.

މަންދު ކޮލެޖުގެ ވެރިޔާއި އިބްރާހިމް އިސްމާއިލް އިސްލާމްދީނާއި ރަސޫލާއާއި ގުޅޭގޮތުން ދައްކަމުންދާ ވާހަކަތަކާއި ގުޅިގެން އިއްޔެ އޭނާ ވަނީ ފުލުހަށް ހާޒިރުކޮށްފައެވެ.

Advertisement

ކޮމެންޓް

Advertisement