މަދިރި މަރާކަށް ނުވޭތަ؟

30 Sep 2018 | 16:19

ރާއްޖޭގައި މިއަދުވަސްވަރަކީ ވަރަށް ވިއްސާރަ އަދި މަދިރީގެ އުދަގޫތައް ވަރަށް ބޮޑަށް ކުރާ ދުވަސްވަރެކެވެ. މާލޭގައި މިސްކިތަކަށް އެރިޔަސް މަދިރިއެވެ. ގޭގެ ސިޓިންރޫމްތެރޭގައިވެސް މަދިރިއެވެ. ކިޔަވާކުދިންދާ ސްކޫލްތަކުގައިވެސް ބޮޑެތި ބޮޑެތި މަދިރިއެވެ. މަގުމަތީގައި މަޑުކޮށްލިޔަސް މަދިރިއެވެ.

ރާއްޖޭގައި އެންމެ ބޮޑަށް ފެތުރޭ އެއްބަޔަކީ ޑެންގޫކަމަށްވާއިރު އެޗްޕީއޭގެ ވެރިންނަށް މަދިރީގެ އުނދަގޫ ކުރިމަތި ނުވަނީ ބާވައެވެ. އެބޭފުޅުންގެ ސަމާލުކަމަށް އައިނަމަ މާލެތެރެއަށް ފޮގްކޮށްގެންވިޔަސް މަދިރި ނައްތާލުމުގެ ކޮންމެވެސް ހަރަކާތެއް ހިންގީހެވެ. އެހެންނޫނީ ޑެންގޫ ޖެހިގެން ކުއްޖަކު މަރުވެ ސީރިއަސް ވާވަރަށް ޑޭންގޫކޭސްތައް ރިޕޯޓްނުކުރާތީ އަޅާނުލަނީއެވެ. އެކަމަކު މަދިރި މާލޭގައި މިދުވަސްވަރު ހާދަގިނައެވެ.

Advertisement

ކޮމެންޓް

Advertisement