Advertisement

"ޑިސެންޑެންޓްސް އޮފް ދަ ސަން" އިން މަޝްހޫރުވި ސޮންގް ހައި-ކޮޔޯ އާ ޕްރޮޖެކްޓަކުން!

23 Jan 2019 | 17:39

މީގެ ތިން އަހަރު ކުރިން ނިކުއިން ހިޓް ކޮރެޔާ ސީރީޒް ކަމަށްވާ "ޑިސެންޑެންޓްސް އޮފް ދަ ސަން (ޑީ.އޯ.ޓީ.އެސް)" އިން މުޅި ދުނިޔޭގެ ސަމާލުކަން އޭނާއަށް ހުއްޓުނު އަންހެން ބަޠަލާ، ސޮންގް ހައި-ކްޔޯގެ އާ ފެނިލުމެއް މިހާރު ދަނީ ކޮރެއާގެ ޓީ.ވީ.އެން ނެޓްވޯކުން ދައްކަމުންނެވެ. 

"ބޯއިފްރެންޑް" ނަމަކަށް ކިޔާ މި ލޯބީގެ ޑްރާމާގެ އެންމެ ފަހު އެޕިސޯޑްތައް މި ހަފްތާގައި ނެރެން ތާވަލްކޮށްފާވާއިރު، މި ޑްރާމާއިން ދައްކުވައިދެނީ މެދު އުމުރާ ގާތްކުރާ އަންހެނަކާއި، ޒުވާން ފިރިހެންކުުއްޖެއްގެ ދެމެދު އުފެދޭ ލޯބީގެ ގުޅުމެވެ. އަދި ފިރިހެން ތަރީގެ ގޮތުގައި މަޝްހޫރު އެކްޓާރ ޕާކް ބޯ-ގަމް ޙަރަކާތްތެރިވާއިރު، މި ޑްރާމާއިން އާންމުކޮށް ކޮރެޔާގެ އުފެއްދުންތަކުން ނުފެންނަ ކަހަލަ ވާހަކަތަކެއް ދައްކުވައިދޭކަން ފާހަގަކޮށްލެވެއެވެ.

ތަނަވަސް ހޮޓަލް ވިޔަފާރިއެއްގެ ގޮތުގައި، ނުވަތަ، ކޮރެޔާ ޑްރާމާތަކުގައި އާންމުކޮށް ފިރިހެން ބާޠަލެއް ފެނިދާނެފަދަ ރޯލަކުން "ބޯއިފްރެންޑް" އިން ބެލުންތެރިންނާ ހިސާބަށް އަންނަނީ ސޮންގް ހައި-ކްޔޯއެވެ. އަދި އޭނާގެ ޒުވާން ލޯބިވެރިޔާގެގޮތުގައި ޕާކް ބޯ-ގަމް ފެނިގެންދަނީ، ފޮޓޯނެގުމަށާއި ދުނިޔޭގެ އެކި ތަންތަނަށް ދަތުރުކުރުމަށް ލޯބިކުރާ ޒުވާން ފިރިހެން ކުއްޖެއްގެ ގޮތުގައެވެ. މި ޑްރާމާއިން ދައްކުވައިދެނީ އިއްތިފާޤަކުން ދިމާވާ މި ދެމީހުންގެ ގުޅުމާއި، އެމީހުންނަށް ކުރިމަތިވާ ތަފާތު އެކި ގޮންޖެހުންތަކެވެ. އަދި ލޯބީގެ ގުޅުމުން ގުޅެންވިސްނާއިރު، ވަރަށް ތަފާތު ދެ ދިރިއުޅުމެއް އުޅެމުންދާ، ތަފާތު ދެ މިޒާޖެއްގެ މީހުންނަށް ވުމުން ހައި-ކްޔޯ އަދި ބޯ-ގަމް އަށް ދިމާވާ އެކި ކަންތައްތައްވެސް މި ޑްރާމާއިން ފެނިގެންދެއެވެ.

ކިޔުބާގެ ހަވާނާގައި ގިނަ މަންޒަރުތަކެއް ޝޫޓްކޮށްފަހުރި މި އުފެއްދުމުން ދަނީ، ކޮރެޔާގެ އިތުރުން ދުނިޔޭގެ އެކި ކަންކޮޅުތަކުން އާންމުންގެ ވަރަށް ބޮޑު މަޤްބޫލުކަމެއް ހޯދަމުންނެވެ. އަދި ހައި-ކްޔޯ އާއެކު މި ޑްރާމާއިން ލޯބީގެ ގުޅުމަކުން ފެންނަ ޕާކް ބޯ-ގަމް އަކީ އޭނާގެ އަސްލު ފިރިމީހާ، އެކްޓާރ ސޮންގް ޖޫން-ކީ ގެ ވަރަށް ގާތް ރަޙްމަތްތެރިއަކަށް ވުމުންވެސް ގުނަ ފޭނުންގެ ސަމާލުކަން ވަނީ "ބޯއިފްރެންޑް" އަށް ހުއްޓިފައެވެ. 16 އެޕިސޯޑު އެކުލެވޭ މި ޑްރާމާގެ އެންމެ ފަހު ދެ އެޕިސޯޑް މި ހަފްތާގެ ބުދަ އަދި ބުރާސްފަތި ދުވަހު ޓީ.ވީ.އެން އިން ބެލުންތެރިންނާ ހިއްސާކުރަންވަނީ ހަމަޖެހިފައެވެ. 

Advertisement

ކޮމެންޓް

Advertisement