ފިހާޅޮހި ރިސޯޓްގައި ފަތުރުވެރިއަކު މަރުވެފައި އޮއްވައި ފެނިއްޖެ

22 Jan 2019 | 11:13

ފިހާޅޮހި އައިލެންޑް ރިސޯޓްގައި ފަތުރުވެރިއަކު މަރުވެފައި އޮއްވައި ފެނިއްޖެއެވެ.

މަރުވެފައިވަނީ އެ ރިސޯޓްގައި ޗުއްޓީ ހޭދަކުރަމުންދިޔަ 74 އަހަރުގެ ފިރިހެނެއްކަމަށް ފުލުހުން މައުލޫމާތު ދެއްވައެވެ. އޭނަ މަރުވެފައި އޮއްވާފެނިފައިވަނީ އޭނަގެ ކޮޓަރީގައެވެ.

ފުލުހުންނަށް މި މައްސަލަ ރިޕޯޓް ކޮށްފައިވަނީ މިއަދު ހެނދުނު 9:20 އެހާކަށް ހާއިރުކަމަށް ފުލުހުންގެ އިދާރާއިން ހާމަކުރައްވައެވެ.

މިފަހަކަށް އައިސް ކުއްލި މަރުތައް ރާއްޖޭގައި މިވަނީ ކަންބޮޑުވާ ދަރަޖައަށް އިތުރުވެފައެވެ. މީގެ ތެރޭގައި ރާއްޖެއަށް ޒިޔާރަތްކުރާ ގިނަ އަދަދެއްގެ ފަތުރުވެރިން ހިމެނެއެވެ.

މިކަމާ ގުޅިގެން ޓުއަރިޒަމް މިނިސްޓަރ އަލީ ވަހީދު ވަނީ ރިސޯޓް ތަކުގެ ހާލަތު ދެނެގަތުމަށް ހާއްސަ ކަންތައްތަކެއް ކުރައްވާނެ ވާހަކަ ވިދާޅުވެފައެވެ.

Advertisement

ކޮމެންޓް