ކަލާފާތުގެ ދަށުން މައުމޫން، ފާރިސް އަދި ގާސިމް ދޫކޮށްލައިފި

01 Oct 2018 | 06:26

ކަފާލާތުގެ ދަށުން ކުރީގެ ރައީސް މައުމޫން އަބްދުލް ޤައްޔޫމް، ޤާސިމް އިބްރީހިމް އަދި ފާރިޝް މައުމޫން މިނިވަންކޮށްފިއެވެ.

ރައީސް މައުމޫނު ބަންދުން ދޫކޮށްލާފައިވަނީ ރާއްޖޭގެ ހައިކޯޓުންނެވެ.

މައުމޫން މިނިވަންކުރަން، އަމުރުކުރީ ކަފާލާތުގެ ދަށުން 60،000ރ. ޑިޕޮސިޓެއް ހައި ކޯޓުގައި އެމަނިކުފާނުގެ ފަރާތުން ބެހެއްޓުމުންނެވެ.

ޖަރުމަނުގައި މިހާރު ހުންނެވި ރިޝްވަތުގެ ކުށުގައި ތިން އަހަރާއި ދެ މަހާއި 12 ދުވަހުގެ ޖަލު ހުކުމެއް އިއްވާފައިވާ ގާސިމް އިބްރާހިމް އިސްތިއުނާފް މައްސަލަ ނިމެންދެން މިނިވަންކޮށްފައި ބެހެއްޓުމަށް ހައި ކޯޓުން އަމުރުކުރީ ކަފާލާތުގެ ދަށުން 70،000ރ. ޑިޕޮސިޓެއް ހައި ކޯޓުގައި ގާސިމްގެ ފަރާތުން ބެހެއްޓުމުންނެވެ.

ޝަހްސު އޮޅުވާލުމުގެ ދައުވާއެއް ސާބިތުވެ، ހަތަރު މަހާއި 24 ދުވަހުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުންދާ ފާރިސް ކަފާލާތުގެ ގޮތުގައި 40،000ރ. ކޯޓުގައި ބެހެއްޓުމުން ހައި ކޯޓުން މިއަދު އަމުރުކުރީ އެ ކޯޓުގައި ހިނގަމުންދާ ފާރިސްގެ އިސްތިއުނާފް މައްސަލާގައި އެ ކޯޓުން ވަކި ގޮތެއް ނިންމަންދެން ފާރިސް ބަންދުން ދޫކޮށްލާފައި ބެހެއްޓުމަށެވެ.

Advertisement

ކޮމެންޓް