ޕީއެންސީއަށް ސައްޚަ 3000ފޯމް ހަމަނުކުރެވުނު؟

22 Jan 2019 | 18:14

ކުރީގެ ރައީސް އަބްދުﷲ ޔާމީން އިސްވެ ހުންނަވާ އުފެއްދުމުގެ މަސައްކަތް ކުރަމުންދާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސްއަށް ޕާޓީގެ ފުރަަތަމަ ޖަލްސާ ބޭއްވުމަށް ބޭނުންވާ ހުއްދަ ނުލިބިގެން އުޅެނީ، ސައްޚަ 3000 ފޯމް ހަމަނުވާތީކަމަށް ހާމަވެއްޖެއެވެ.

މައުލޫމާތު ލިބޭގޮތުގައި އެކިއެކި ސަބަބުތަކާއި ހުރެ، ޕީއެންސީއަށް ވަނީ ސައްހަ 3000 ފޯމް ހަމަކުރެވޭގޮތް ނުވެފައެވެ. ޕީއެންސީއިން ޕާޓީ އުފެއްދުމަށް 4000 އެއްހާ ފޯމުލީ އިރު، މީގެން ބައެއް ފޯމުތަކާއި މެދު ވަނީ ޝަކުވާ ހުށައަޅާފައެވެ.

އެހެންކަމުން ޕީއެންސީއިން ވަނީ އިތުރަށް 1000 އަށްވުރެ ގިނަ ފޯމު އިލެކްޝަންސް ކޮމިޝަަނަށް ހުށައަޅާފައެވެ.

މިކަމާއި ގުޅިގެން މީޑިޔާތަކަށް މައުލޫމާތު ދެއްވަމުން އިލެކްޝަންސް ކޮމިޝަންގެ މެމްބަރު އަހްމަދު އަކްރަމް ވިދާޅުވީ އެ ޕާޓީން ހުށަހެޅި ފޯމުތައް ސައްހަތޯ ބެލުމުގެ މަސައްކަތް ކުރަމުންދާކަމަށާއި އެ މަސައްކަތް ނިމުމާއެކު ޕާޓީ އުފެއްދުމުގެ ޖަލްސާ ބާއްވަން ހުއްދަ ދޭނެކަމަށެވެ.

ޕީއެންސީ ނަމުގައި ރައީސް ޔާމީން އާ ޕާޓީއެއް އުފައްދަވަނީ ޕީޕީއެމްގެ މިލްކުވެރިކަމާއި ގުޅޭ މައްސަލައެއް ސުޕްރީމް ކޯޓުގައި އޮތް ދަނޑިވަޅެއްގައެވެ.

Advertisement

ކޮމެންޓް