ތިލަދުންމަތީގެ އަޑު މަޖިލީހުގައި ގުގުމާލުމަށް ސަގީފް!

25 Jan 2019 | 14:45

ތިލަދުންމަތީގެ ރަށްތަަކަކީ މާލޭގެ މައި ސަރުކާރާއި ދުރުގައި އޮންނަ ރަށްތަކެއް ކަމުން އެ ސަަރަހައްދުގެ މީހުންގެ ޝަކުވާއެއްގެ ގޮތުގައި އަބަދުވެސް ވެފައި އޮންނަނީ، ލިބޭ ތަރައްގީއާއި އަޅާލުމުގެ މިންވަރު ކުޑަވާހަކައެވެ. ވަކިން ޚާއްސަކޮށް ވައިކަރަދޫ ދާއިރާގެ ރައްޔިތުންގެ މެދުގައި މިއީ ހިފެހެއްޓުމެއް ނެތި ދެކެވެމުންދާ ވާހަކައެކެވެ.

މި އަހަރުގެ މަޖިލިސް އިންތިޚާބު ބޯމަތިވެފައިވާއިރު، ވައިކަރަދޫ ދާއިރާގެ ރައްޔިތުންގެ މި އާދޭހުގެ އަޑު މިވަނީ އިހުނަށްވުރެ ގަދަވެފައެވެ. އެ ރައްޔިތުން އެދިގޮވަމުންދަނީ އެ ދާއިރާ ތަރައްގީގެ ސަފުގައި ކުރިއަރުވައިދޭނެ އާރުކާޓީއަކަށެވެ. ޒުވާންކަމާއި ސާބިތުކަމާއި އެކު ތިލަދުންމަތީގެ އަޑު މަޖިލީހުގައި ގުގުމާލަދޭނެ މެންބަރަަކަށެވެ.

މިކަންކަމަކީ ހަގީގަތަކަށް ހެދުމަށްޓަކައި ހދ.ވައިކަރަދޫ، ހިސާންގޭގެ ހުސައިން ސަގީފް އިހުސާންވަނީ އަދާލަތު ޕާޓީގެ ޓިކެޓެއްގައި ކުރިއަށްއޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވާދަކުރުމަށް ނިންމާފައެވެ.

މީގެ ކުރިންވެސް ތިލަދުންމަތީގެ ތަރައްގީއަށްޓަކަައި ވަކާލާތުކުރައްވާ، ހދ އަތޮޅު ކައުންސިލްގެ ރައީސްކަންވެސް ކުރައްވާފައިވާ ސަގީފް، ވޮއިސްއާއި ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ ރާއްޖޭގެ އެހެން އަތޮޅުތަކާ އަޅައި ބަލާއިރު ނިސްބަތުން ހދ އަތޮޅު އުޅެނީ ސިޔާސީ ގޮތުން ވަރަށް ފަހަތުގައިކަމަށާއި މިނުކުުތީ އެކަން ބަދަލުކުރުމަށް ކަމަށެވެ.

ސަގީފް ވަނީ ވައިކަރަދޫ ދާއިރާއަކީ އަދާލަތު ޕާޓީގެ ތާއިދު ބޮޑު ދާއިރާއެއްކަން ފާހަގަކުރައްވާފައެވެ. އޭނާ އަދާލަތު ޕާޓީން ކުރިމަތިލާން ނިންމެވި ސަބަބު ހާމަކުރައްވަމުން ސަގީފް ވިދާޅުވީ އަދާލަތު ޕާޓީއަކީ ކޯލިޝަން ސަރުކާރުގެވެސް ވަރަށް ވަރުގަދަ ޕާޓީއެއް ކަމަށާއި ސިޔާސީ ގޮތުން އަދާލަތު ޕާޓީއެއްކަމުގައި ދެކިލައްވާކަމަށެވެ.

އޭނާ އިތުރަށްވަނީ ސިޔާސީ ގޮތުން ބާރުވެރި އަތޮޅަކަށް ވެވޭނީ އަތޮޅަކަށް ނިސްބަތްވާ އެއް ފިކުރެއްގެ ބަޔަކު މަޖިލީހަށް އިންތިހާބުވެގެން ކަމަށްވެސް ވިދާޅުވެފައެވެ.

ސަގީފް މަޖީލިހަށް ނިކުމެވަޑައިގަންނަވަނީ “ތިލަދުންމަތީގެ ފިކުރު” ގެ މޮޓޯގެ ދަށުންނެވެ. އެ ފިކުރު ބިނާކޮށް، އޭގެ މައްޗަށް ތިލަދުންމައްޗަށް ދިމާވެފައިވާ މައްސަލަތައްކަމަށް ހައްލު ހޯދައިދޭނެކަމަށް އޭނާ ވިދާޅުވިއެވެ.

Advertisement

ކޮމެންޓް