އޯލެވެލް ޓޮޕްޓެންއަށް 376 ދަރިވަރުން ހޮވިއްޖެ

22 Jan 2019 | 20:20

މިދިޔަ އަހަރުގެ ސާނަވީ އިމްތިހާނުގައި ގަދަ ދިހަޔަކަށް 376 ދަރިވަރުން ހޮވިއްޖެއެވެ.

މިކަން ހާމަކޮށްފައިވަނީ މިއަދު އެޑިއުކޭޝަން މިނިސްޓްރީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން، އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ ޑރ.އަބްދުﷲ ރަޝީދެވެ.

އެބޭފުޅާ ވިދާޅުވީ ޖީސީއީ އޯލެވެލްގެ މާއްދާތަކުގައި ބައިވެރިވެފައިވަނީ 4571 ދަރިވަރުން ކަމަށެވެ. އޭގެ ތެރެއިން 862 ކުދިން ފުލް ސްޓްރީމްގައި ކިޔަވާފައިނުވާ ކަމަށާއި އެކުދިންނަކީ ދަސްވާރާއި ބީޓެކް ކިޔެވިކުދިން ކަމަށްވެސް ޑރ.ރަޝީދު ވިދާޅުވިއެވެ.

2017 ވަނަ އަހަރާ އަޅާބަލާއިރު މިދިޔަ އަހަރު ކުރިއެރުން ހޯދާފައިވާ ކަމަށްވެސް ރަޝީދު ވިދާޅުވި އެވެ.

މިދިޔަ އަހަރުގެ އޯލެވެލް އިމްތިހާނުގައި މާއްދާތަކުން ފާސްވެފައިވާ ނިސްބަތަކީ:

ދިވެހި - %86.1

އިސްލާމް - %82.9

ހިސާބު - %59.8

އިނގިރޭސި - %50.3

ކެމިސްޓްރީ - %84.5

ފިޒިކްސް - %82.9

ބައޮލޮޖީ - %80.4

އިކޮނޮމިކްސް - %79.5

ކޮމާސް - %65

އެކައުންޓް - %75.7

ބިޒްނަސް ސްޓަޑީޒް - %77

ލިޓްރެޗާ - %100

ޖިއޮގްރަފީ - %77

ކޮމްޕިއުޓާ ސްޓަޑީޒް - %86

ޓްރެވެލް އެންޑް ޓޫރިޒަމް - %70

އާޓް - %56، މިއެވެ.

Advertisement

ކޮމެންޓް