Advertisement

ގާނޫނަށް ހުރުމަތްތެރިކޮށް ހިތުމުގައި ސިފައިން ނަމޫނާ ބަޔަކަށް ވާންޖެހޭ: ރައީސް ސޯލިހު

22 Jan 2019 | 22:39

ގާނޫނާއި ގަވާއިދަށް ހިތުމުގައި ސިފައިންނަކީ ނަމޫނާ ބަޔަކަށް ވާންޖެހޭކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ އެމްއެންޑީއެފްގެ 64ވަނަ ބޭސިކް ޓްރެއިނިންްގް ޕްރޮގްރާމް ފުރިހަަމަ ކުރި ފަރާތްތަކަށް މިރޭ ކަޅުތުއްކަލާ ކޮށީގައި ބޭއްވި ދަސްވެނިމުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ސޯލިހު ވިދާޅުވީ ޤާނޫނުތަކާއި ޤަވާޢިދުތަކަށް ޙުރުމަތްތެރިކޮށް ހިތުމުގައި، ދިވެހި ސިފައިންނަކީ ނަމޫނާ ބަޔަކަށް ވާންޖެހޭނެކަމަށެވެ.

އަދި ދިވެހި ސިފައިންގެ ކޯޑް އޮފް އެތިކްސްގެ އަސާސްތައް ބުނާގޮތުން، ދިވެހި ސިފައިންނަކީ އިސްލާމީ ޢަޤީދާގައި ސާބިތުވެތިބުމުގެ ފިކުރާއި، ނަފްސަށްވުރެ ޤައުމު އިސްކުރުމުގެ ފިކުރާ އަދި ޤާނޫނީ ވެރިކަމަށް ކިޔަމަންތެރިވެ އެހީތެރިވެދިނުމުގެ ފިކުރު ގެންގުޅޭ ބަޔަކަށް ވާންޖެހޭނެކަމަށްވެސް އެމަނިކުފާނު ވަނީ ފާހަގަކުރައްވާފައެވެ.

މިރޭގެ ވާހަކަފުުޅުގައި ރައީސްވަނީ ސިފައިންގެ ތަރައްޤީއާއި ހަށިހެޔޮކަމަށް އަބަދުވެސް ސަރުކާރުން މަސައްކަތް ކުރާނެކަމަށް ވިދާޅުވެފައެވެ.

އަދި ހަަމަ އެެހެންމެ، ދިވެހި ސިފައިންނަކީ ޢިލްމާއި ހުނަރު ލިބިފައިވާ، ހުޝިޔާރު ޤާބިލް ބަޔަކަށް ހެދުމަށްޓަކައި، ރަޙްމަތްތެރި ޤައުމުތަކާ ގުޅިގެން، ތަމްރީންގެ އިތުރު ފުރުސަތުތައް ހޯދުމުގެ މަސައްކަތް ވެސް ސަރުކާރުން ކުރައްވަމުން ގެންދަވާނެކަމަށްވެސް ވިދާޅުވެފައެވެ.


Advertisement

ކޮމެންޓް