Advertisement

"ސްޕައިޑަރ-މޭން: އިންޓު ދަ ސްޕައިޑާރ-ވޭރސް": އާދަޔާ ޙިލާފު މޮޅު އެނިމޭޝަނެއް!

23 Jan 2019 | 09:57

މަޤްބޫލް ސުޕާރހީރޯ ސްޕައިޑަރ-މޭން ގެ ވާހަކަ އަކީ އޭގެ އަސްލު ކޮމިކް ފޮތްތަކެއްގައި ހިމެނުނު ނަމަވެސް، އެކި އަހަރުތަކުގެ މަތިން އެކި ގޮތްގޮތަށް ބެލުންތެރިންނާ ހިސާބަށް އައިސްފައިވާ ވާހަކައެކެވެ. އެނިމޭޓެޑް ކާޓޫނާއި ގޭމްތަކުގެ އިތުރުން ފިލްމުތަކުންވެސް ތަފާތު އެކި ސްޕްއިޑާރ-މޭންއެއް، ތަފާތު އެކި ގޮތްގޮތަށް ވަނީ ދައްކުވައިދީފައެވެ.

އެހެންނަމަވެސް، އެނިމޭޓެޑް ފިލްމް "ސްޕައިޑަރ-މޭން: އިންޓު ދަ ސްޕައިޑާރ-ވޭރސް" މީ އަދި ދުވަހަކަވެސް ސްޕްއިޑާރ-މޭން ނުފެންނަ ގޮތަކަށް އޭނާގެ ވާހަކަ ގެނެސްދޭ މޮޅު އުފެއްދުމެކެވެ.

މި ފިލްމުގެ ކޮޮންމެ ސީނަކީ ވަކިން ކުރަހާ، ކުލަޖައްސާ އެނިމޭޓްކުރެވިފަ ހުރި ސީންތަކެއް ކަމަށް ވާއިރު، މި ފިލްމު ތައްޔާރުކުރުމުގައި 4 އަހަރު ހޭދަކުރެވުނުކަމަށް މީޑިޔާ ރިޕޯޓްތަކުން ބުނެއެވެ.

މި ފަހަރު ސްޕްއިޑާރ-މޭންގެ ރޯލުން ބެލުންތެރިންނަށް ފެނިގެންދިޔައީ، އާދަޔާ ޚިލާފަށް މޮޅު ކުރެހުންތެރިންތަކެއް ތައްޔާރުކޮށްފައިވާ މައިލްސް މޮރަލެސެވެ.

މައިލްސް އަކީ ނިއު ޔޯކުގެ ބްރުކްލިންގައި ދިރިއުޅެމުން އަންނަ ޒުވާން ފިރިހެން ކުއްޖެކެވެ. މައިލްސްގެ ސްޕްއިޑާރ-މޭން ވަނ،ީ މި ސުޕާރހޯރޯގެ ވާހަކަތަކަށް ލޯބިކުރާ ފޭނުންތެރޭ ވަރަށް ބޮޑަށް މަޤްބޫލްވެގެން ގޮސްފައެވެ.

އަސްލު ކޮމިކް ފޮތުގެ ހެއްވާ މަޖާ ރޫހައް ގެއްލުމެއްނާންނަ ގޮތަށް، އަދި ވާހަކަ ވެސް އެހާ މޮޅުކޮށް އެނިމޭޓެޑް ފިލްމަކުން ސްޕްއިޑާރ-މޭން ފެނިގެންދިޔުން ވަނީ މުޅި ދުނިޔެވެސް ސިއްސުވާލި ކަމަށް ވެފައެވެ.

މައިލްސްގެ ކެރެކްޓަރުގެ އިތުރުން ގްވެން ސްޓޭސީގެ ކެރެކްޓާރވެސް މި ފިލްމުން ފެނިގެންދެއެވެ. އަދި މި އެނިމޭޝަންސް އަށް އަޑު އެޅުމުގާ ހަރަކާތްތެރިވާ ފަރާތްތަކުގެ ތެރެއިން ޝަމެއިކް މޫރ، ހެއިލީ ސްޓައިންފީލްޑް އަދި މަހާރޝަލާ އަލީ ފާހަގަކޮށްލެވެއެވެ.

އެނިމޭޓެޑް ފިލްމްތައް ދިރާސާ ކުރާ ފަރާތްތަކުން ދަނީ ހުއްޓާނުލާ މި ފިލްމަށް ތަޢުރީފުކުރަމުންނެވެ. އަދި މިހާތަނަށް ބޮޑު ސްކްރީނުން ފެނުނު އެންމެ މޮޅު އެނިމޭޓެޑް އެއް ފިލްމަކީ މީކަމަށްވެސް ގިނަ މީހުން އިއްތިފާގުވެއެވެ.

އެކި އުމުރުތަކުގެ ސްޕްއިޑާރ-މޭން ފޭނުންނަށް ކަމުދާނެގޮތަށް ފަރުމާކުރެވިފައިވާ މި ފިލްމު މިހާތަނަށް ބޮކްސް އޮފިސްގައި ވަނީ ގާތްގަނޑަކަށް 300 މިލިއަން ޑޮލަރު ހޯދާފައެވެ.

Advertisement

ކޮމެންޓް

Advertisement