91 ވަނަ އޮސްކާ އެވޯޑްސްގެ ވާދަވެރިން ޢިއުލާންކޮށްފި!

24 Jan 2019 | 11:50

25 ފެބްރުއަރީ 2019 ގައި ބޭއްވުމަށް ހަމަޖެހިފައިވާ 91 އެކެޑެމީ އެވޯޑްސް ހަފްލާއަށް ތައްޔާރުވުމުގެ ގޮތުން، އެކި ދާއިރާތަކުން މަޝްހޫރު "އޮސްކާރ" އިނާމަށް ވާދަކުރާ އުފެއްދުންތަކުގެ ލިސްޓެއްވަނީ އިއްޔެ އާންމުކޮށްފިއެވެ.

2018 ވެގެން ދިޔައީ އާންމުންގެ ތެރޭގައި މަޤްބޫލް އެތައް ފިލްމުތަކެއް ބޮޑު ސްކްެރީނުން ފެނިގެންދިޔަ އަހަރަކަށެވެ. އެގޮތުން، އެކެޑެމީ ގެ ނޮމިނޭޝަންތަކަށްް ބަލާލުމުން ދިވެހި ސިނަމާތަކުންވެސް ދައްކުވާލި، ދިވެހި ބެލުންތެރިންނަށްވެސް ކަމުދިޔަ ބައެއް އުފެއްދުންތައްވެސް ހިމެނެއެވެ.

ފާހަގަކޮށްލެވޭ ބައެއް ނޮމިނޭޝަންތަކުގެ ތެރޭގަައި މިދިޔައަހަރު މާރވެލް ސްޓޫޑިއޯސް އިން ގެނެސްދިން، އެކި ރެކޯޑްތައް މުގުރާލި "ބްލެކް ޕެންތާ" ފާހަގަކކޮށްލެވެއެވެ. "ބެސްޓް ޕިކްޗާރ" ނުވަތަ އަހަރުގެ އެންމެ މޮޅު ފިލްމުގެ ކެޓަގަރީ އިން ނޮމިނޭޓްވެފައިވާ ި ފިލްމް އެ ވެގެންދިޔައީ އެކެޑެމީ އެވޯޑްސްގެ 91 އަހަރުގެ ދިގު ތާރީޚުގަވެސް އެންމެ މޮޅު ފިލްމަށް ވާދަކުރުމުގެ ފުރުސަތު ލިބުނު ހަމައެކަނި ސުޕާރހީރޯ ފިލްމަށެވެ. "ބްލެކް ޕެންތާ" އަކީ ދިވެހިން ބެލުންތެރިންގެ ތެރޭގަވެސް މިދިއަ އަހަރު ވަރަށް މަޤްބޫލުވެގެންދިޔަ ފިލްމެއްވެސް މެއެވެ. "ބެސްޓް ޕިކްޗާރ" ކެޓަގަރީއިން ދެން ވާދަކުރަނީ "ބްލެކް ކްލޭންސްމަން"، "ދަ ފޭވަރިޓް"، "ގްރީން ބުކް"، "ރޯމާ"، "ވައިސް"، "އަ ސްޓާރ އިސް ބޯން" އަދި "ބޮހީމިއިަން ރެޕްސޮޑީ" އެވެ. މި ކެޓަގަރީ އަށް ވާދަކުރާ ފިލްމު ތަކުގެ ތެރެއިން "އަ ސްޓާރ އިސް ބޯން" އަދި "ބޮހީމިއަން ރެޕްސޮޑީ" އަކީ ގިނަ ދިވެހިބެލުންނަށްވެސް ކަމުދިޔަ، މަޤްބޫލު ފިލްމުތަކެއްކަން ފާހަގަކޮށްލެވެއެވެ.

އެހެން ދާއިރާތަކުގެ ނޮމިނޭޝަންތަކަށް ބަލާލާއިރު:

"އެކްޓާރ އިންް އަ ލީޑިން ރޯލް"

"ވައިސް" އިން ކްރިސްޓިއަން ބޭލް

"އަ ސްޓާރ އިސް ބޯން" އިން ބްރެޑްލީ ކޫޕާރ

"އެޓް އެޓާނިޓީޒް ގޭޓް" އިން ވިލެމް ޑެފޯ

"ބޮހީމިއަން ރެޕްސޮޑީ" އިން ރަމި މަލެކް

"ގްރީން ބުކް" އިން ވިގޯ މޯރޓެންސެން

"އެކްޓްރެސް އިން އަ ލީޑިންގް ރޯލް"

"ރޯމާ" އިން ޔަލިޓްޒާ އަޕަރިޗިއޯ

"ދަ ވައިފް" އިން ގްލެން ކްލޯސް

"އަ ސްޓާރ އިސް ބޯން" އިން ލޭޑީ ގާގާ

"ދަ ފޭވަރިޓް" އިން އޮލިވިއާ ކޯލްމަން

"ކެން ޔޫ އެވާރ ފޮރގިވް މީ؟" އިން މެލިސާ މިކާރތީ

އެކެޑެމީ އެވޯޑްސްއަށް މިފަހަރު އެކި ދާއިރާތަކުން ވާދަކުރާ ހުރިހާ ފިލްމުތަކެއްވަނީ "ދަ އެކެޑެމީ އޮފް މޯޝަން ޕިކްޗާރ އެންޑް އާރޓްސް" ގެ ވެބްސައިޓް އުން އާންމުކޮށްފައެވެ.

Advertisement

ކޮމެންޓް