Advertisement

ގާސިމް، ޖަމީލް، އަލީ ވަހީދު ބުދަ ދުވަހު ހުންނަވާނީ ރާއްޖޭގައި

01 Oct 2018 | 15:12

ޖުމްހޫރީ ޕާޓީގެ ލިޑާސިޕްގެ އެންމެ އިސް ތިން ބޭފުޅުން ކަމުގައިވާ ޖެޕީގެ ބާނީ ޤާސިމް އިބްރާހިމް، ޖޭޕީ ރައީސް ޢަލީ ވަހީދް އަދި ނައިބް ރައީސް މުހައްމަދު ޖަމީލް ރާއްޖެ ވަޑައިގަތުމަށް ނިންމަވައިފިއެވެ.

ޖަރުމަން ވިލާތުގައި މިހާރު ދިރިއުޅުއްވަމުން ގެންދަވާ ޤާސިމް އެގޮތައް ނިންމެވީ ހައި ކޯޓުން ކަފާލާތުގެ ދަށުން އޭނާ މިނިވަން ކުރުމުންނެވެ. 

ޤާސިމް ވަނީ ރިޝްވަރު ދިން ކަމުގެ ކުށް ސާބިތުވެ ކުރިމިނަލް ކޯޓުން ޤާސިމްގެ މައްޗައް އިއްވާފައިވާ ތިން އަހަރާ ދެ މަހާ ބާރަ ދުވަހުގެ ހުކުމެއްގައެވެ. މި ހުކުމް އޭނާގެ މައްޗައް ކޮށްފައިވަނީ ޣައިރު ހާޒިރުގައެވެ. 

ވީޓީވީ ފަސްމަންޒަރަށް ދެއްވި އިންޓަވިއުއެއްގައި ގާސިމް ވިދާޅުވީ، އަންނަ ބުދަ ދުވަހު މެންދުރުފަހު ތިނެއް ޖަހާއިރު ހުންނަވާނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގައި ކަމަށެވެ. 

އަދި ޤާސިމާއެކު ޑރ. ޖަމީލާއި އަލީ ވަހީދް ވެސް ރާއްޖެ ވަޑައިގަނަވާނެ ކަމަށް ވިދާޅުވިއެވެ.

ޖަމީލް އާއި އަލީ ވަހީދް މިހާރު ދިރިއުޅުއްވަނީ އިނގިރޭސިވިލާތު ހިމާޔަތުގައެވެ.


Advertisement

ކޮމެންޓް