Advertisement

ބޮލްޓް ކުޅިވަރު ކުޅުން ހުއްޓާލައިފި

23 Jan 2019 | 11:50

އަށް ފަހަރު އޮލިމްޕިކް ޗެންޕިއަންކަން ހޯދާފައިވާ އުސައިން ބޮލްޓް ކުޅިވަރު ކުޅުން ހުއްޓާލައިފިކަން އިއުލާނުކޮށްފިއެވެ.

ދުވުމުން ރިޓަޔާ ކުރުމަށްފަހު ޕްރޮފެޝެނަލް ފުޓްބޯޅަ ކުޅުންތެރިޔަކަށްވުމަށް މަސައްކަތް ކުރަމުން ދިޔަ 32 އަހަރުގެ ބްލޮޓްވަނީ އޮސްޓްރޭލިއާގެ ފުޓްބޯޅަ ޓީމެއް ކަމަށްވާ ސެންޓްރަލް ކޯސްޓް މެރީނާސްއާއެކު ދެ މަސް ހޭދަކޮށްފައެވެ. ނަމަވެސް ފްރޮފެޝެނަލް ޑީލްއަކަށް ފަންޑު ނުލިބުމުގެ ސަބަބުން އޭނާވަނީ އެ ކްލަބް ދޫކޮށްލާފައެވެ.

ފުޓްބޯޅަ ކުޅުމުގެ ވިސްނުން ދޫކޮށްލަމުން 100 މީޓަރު އަދި 200 މީޓަރަށް ދުވުމުގެ ދުނިޔޭގެ ރިކޯޑް ހަދާފައިވާ ބްލޮޓް ބުނީ ދިރިއުޅުމުގައި ކަންކަން ދަސްވާނެ ކަމަށައި އެގޮތުން މިއީ ވަރަށް ރަނގަޅު ތަޖުރިބާއެއް ކަމުގައެވެ. ޓީމެއްގައި ހިމެނުން އެއީ ވަރަށް ހިތްހަމަޖެހޭ ކަމެއް ކަމުގައިވެސް ބްލޮޓް ބުންޏެވެ.

ޖަރުމަނުގެ ބޮރޯޝިއާ ޑޯޓްމަންޑް އަދި ނޯވޭގެ ސްޓްރޯމްގޮޑްސެޓްއާއެކީ ފުޓްބޯޅައިގެ ފަރިތަކުރުންތައް ހަދާފައިވާ ބްލޮޓްއަށްވަނީ މަލްޓާގެ ކްލަބަކުން ޝައުގުވެރިކަން ފާޅުކޮށްފަކަމަށައި ނަމަވެސް އޭނާ އެ ކްލަބުގެ ހުށަހެޅުން ދޫކޮށްލީ އުޖޫރަ ކުޑަ ކަމުންކަމަށް މީޑިއާތަކުންވަނީ މީގެ ދުވަސްކޮޅެއް ކުރިން ރިޕޯޓް ކޮށްފައެވެ.

ޖެމެއިކާއަށް ނިސްބަތްވާ ބްލޮޓްގެ ވިސްނުން ކުރިއަށް އޮތް ތަނުގަ ހުރީ ވިޔަފާރީގެ ދާއިރާއިން ކުރިއަށް ދިޔުމަށް ކަމުގައި އޭނާވަނީ ބުނެފައެވެ. 

Advertisement

ކޮމެންޓް