ދެ ޤައުމުގެ އަޝްކަރީ ގުޅުން ބަދަހިކުރުމަށް މިނިސްޓަރ މާރިޔާ އިންޑިއާއަށް ފުރާވަޑައިގެންފި

23 Jan 2019 | 12:22

ރަސްމީ ދަތުރުފުޅެއްގައި ޑިފެންސް މިނިސްޓަރ މާރިޔާ މިއަދު އިންޑިއާއަށް ފުރާވަޑައިގެންފިއެވެ. މިނިސްޓަރގެ މި ދަތުރުފުޅުގައި ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އަބްދުﷲ ޝަމާލްވެސް ބައިވެރިވެ ވަޑައިގަންނަވައެވެ.

އެއް ހަފްތާއަށް ކުރައްވާ މި ދަތުރުފުޅުގައި ދިވެހިރާއްޖެ އަދި އިންޑިއާއައި ދެމެދު އޮންނަ އަސްކަރީ ގުޅުން އިތުރަށް ބަދަހި ކުރުމަށް މަޝްވަރާތައް ކުރެވިގެންދާނެ ކަމުގައި އެމްއެންޑީއެފްއިން މައުލޫމާތު ދެއްވައެވެ.

މިނިސްޓަރ މާރިޔާގެ މި ދަތުރުފުޅާ ބެހޭ ގޮތުން އިންޑިއާގެ މީޑިއާތަކުން ރިޕޯޓްކުރާ ގޮތުގައި ދެ ގައުމުގެ ދެމެދުގަ އޮންނަ އަސްކަރީ ގުޅުމުގެ ތެރެއިން 2016 ވަނަ އަހަރު ރާއްޖޭއައި އިންޑިއާ އާއި ދެމެދު ސޮއިކޮށްފައިވާ އެއްބަސްވުމެއްގެ ދަށުން އިންޑިއާ ސަރުކާރުން ރާއްޖޭގައި ހަރުކޮށް ބެހެއްޓުމަށް ހުށަހަޅާފައިވާ ކޯސްޓަލް ރާޑާ ސާވިއަލަންސް ސިސްޓަމްގެ މަސައްކަތަށް އަމަލީ ސިފަ ގެނައުމަށް އިންޑިއާއިން ހުށަހަޅާނެއެވެ.

މިނިސްޓަރ މާރިޔާގެ މި ދަތުރުފުޅުގައި ޑިފެންސް މިނިސްޓްރީގަ މަސައްކަތް ކުރައްވާ މަތީ ފަންތީގެ ބޭފުޅުންވެސް ބައިވެރިވެއެވެ.

Advertisement

ކޮމެންޓް

Advertisement