ހުރިހާ ކޯޗުންވެސް ފްރަސްޓްރޭޓް ކޮށްލަން: ހަޒާޑް

23 Jan 2019 | 13:19

އިރުޝާދު ދޭ ހުރިހާ ކޯޗުންވެސް ފްރަސްޓްރޭޓް ކޮށްލަން ކަމަށައި ނަމަވެސް އޭނާ ކަންތައްކުރާ ގޮތަށް ބަދަލެއް ގެންނަން ނުވިސްނާ ކަމުގައި ޗެލްސީގެ ތަރި އެޑެން ހަޒާޑް ބުނެފިއެވެ.

ބެލްޖިއަމްއަށް ނިސްބަތްވާ ހަޒާޑްވަނީ 2012 ވަނަ އަހަރު ޗެލްސީއައި ގުޅުނު ފަހުން ހަތަރު ކޯޗެއްގެ އިރުޝާދުގެ ދަށުން ކުޅެ އެޓީމަށް 79 ލަނޑު ކާމިޔާބުކޮށްދީފައެވެ. ބައެއް މެޗުތަކުގައި ވަރަށް އާދައިގެ ކުޅުމެއް ދެއްކުމުގެ ސަބަބުން މާޒީވިތަނުގައި ކޯޗުންގެ ކިބައިން ގިނަ ފާޑުކިޔުންތަކެއް އަމާޒުވެފައިވާ ހަޒާޑް ބުނީ އޭނާގެ ކެރިއަރުގައި އޭނާއަށް އިރުޝާދު ދީފައިވާ ހުރިހާ ކޯޗުންވެސް ފްރަސްޓޭޓް ކޮށްލެވޭ ކަމުގައެވެ.

ފްރާންސް ފުޓްބޯލްއަށް ދިން އިންޓަވިއުއެއްގައި ހަޒާޑް ބުނީ ފްރަސްޓްރޭޓް ކޮށްލެވުނީ ހަމައެކަނި ޗެލްސީގެ ކުރީގެ ކޯޗް ކޮންޓޭ އެކަނި ނޫން ކަމުގައެވެ. މިހާރު ޗެލްސީގެ ކޯޗަކަށް ހުރި ސަރީގެ އިތުރުން މޮރީނިއޯވެސް ފްރަސްޓްރޭޓް ކޮށްލެވުނު ކަމަށް ހަޒާޑް ބުންޏެވެ.

ހުރިހާ ކޯޗުންނަށް ހީވަނީ އެމީހުން ބުނާ ހުރިހާ ކަމެއް އޭނާ ކުރަން ޖެހޭހެން ކަމަށްވެސް ހަޒާޑް ބުނެފައިވެއެވެ.

މި ސީޒަނުގެ މިހާތަނަށް ހުރިހާ މުބާރާތެއްގައި 12 ގޯލް ޗެލްސީއަށް ކާމިޔާބުކޮށްދީފައިވާ ހަޒާޑް ކުރިއަށް އޮތް ސީޒަނުގައި ފެނިގެން ދާނީ ރެއާލް މެޑްރިޑުން ކަމަށް ޔޫރަޕުގެ ގިނަ މީޑިއާތަކަކުންވަނީ ރިޕޯޓް ކޮށްފައެވެ.

2018 ވަނަ އަހަރު ބޭއްވުނު ވޯލްޑް ކަޕްއަށް ފަހު ހަޒާޑްވަނީ ޗެލްސީ ދޫކޮށްލުމަށް ބޭނުންވި ކަމަށައި ނަމަވެސް ފަހު ވަގުތު އޭނާ އެ ކްލަބުގައި މަޑުކުރީ ކަމުގަ ބުނެފައެވެ. 

Advertisement

ކޮމެންޓް