Advertisement

އިންޑިޔާ ކަނޑުގެ ސަލާމަތަށް އެމެރިކާއާއި އެކު ގުޅުން ބަދަހިކުރަންޖެހޭ: ޝާހިދު

23 Jan 2019 | 15:23

އިންޑިޔާ ކަނޑުގެ ސަަލާމަތާއި ރައްްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ރާއްޖެއާއި އެމެރިކާއާއި ދެމެދު ގުޅުން ބަދަހިކުރަން ޖެހޭނެކަމަށް ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

މިނިސްޓަރ ޝާހިދު މިހެން ވިދާޅުވީ އެމެރިކާގެ ވެރިރަށް ވޮޝިންގްޓަންއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ސެންޓަރ ފޮރ ސްޓްރެޓަޖިކް އިންޓަރނޭޝަނަލް ސްޓަޑީޒްގައި ރާއްޖެއާއި އިންޑިޔާ ކަނޑުގެ ސަލާމަތާއި ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުންނެވެ.

އެބޭފުޅާ ވިދާޅުވީ އިންޑިޔާ ކަނޑުގެ ސަލާމަތްތެރިކަން ކުރިއަރުވައި ދެމެހެއްޓުމަށް، ރާއްެޖެއާއި އެމެރިކާއާއި ދެމެދު ގާތްގުޅުންތައް އޮތުމަކީ ވަރަށް މުހިންމު ކަމެއްކަމަށެވެ.

އަދި މި ގުޅުމުގެ ސަބަބުން ޚާރިޖީ އަދި ބައިނަލްއަގްވާމީ މައިދާނުގައި ރާއްޖެ އުފުލިގެން ދާނެކަމަށް ޝާހިދު ފާހަގަކުރެއްވިއެވެ.

މި ބައްދަލުވުމުގައި މިނިސްޓަރުގެ އަރިހުގައި ރާއްޖެއިން އެމެރިކާއަށް ކަނޑައަޅާފައިވާ ސަފީރު އަލީ ނަސީރު މުހައްމަދާއި ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު ޚަލީލު ވަނީ ބައިވެރިވެވަޑައިގެންފައެވެ.

Advertisement

ކޮމެންޓް