Advertisement

ޖުޑިޝަރީ ރަނގަޅު މަގަށް ފިޔަވަޅު އަޅައިފި - ޤާސިމް އިބްރާހިމް

02 Oct 2018 | 01:09

ޖުޑިޝަރީ ރަނގަޅުމަގަށް ސާބިތުކަމާއެކު ފިޔަވަޅު އަޅައިފިކަން ގަބޫލުކުރެވޭތީ އެބޭފުޅުންނަށް ޤާސިމް އިބްރާހިމް ޝުކުރު އަދާކުރައްވައިފިއެވެ.

ޤާސިމް މިހެނ ވިދާޅުވެފައިވަނީ ކަފާލާތުގެ ދަށުން މިނިވަންކުރުމަށް ހައި ކޯޓުން މިރޭ އަމުރުކުރިތާ ކުޑައިރުކޮޅެއްތެރޭގައި ވީޓީވީއަށް ޤާސިމް ދެއްވި އިންޓަވިއުގައި އެއްގައެވެ.

އަދި މިހާރު ފެންނަމުން މިދަނީ އަދުލު އިންސާފުގެ ދާއިރާއަށް މިނިވަންކަން ލިބިގެންދާކަމުގެ ހެކި ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

"އަޅުގަނޑު ދަންނަވާލަން އޮތީ ވަރަށްވެސް ސާފުކަމާއެކީ އަޅުގަނޑަށް ބިރުވެރިކަމެއް ނެތޭ މިއަދަކު. އަދުލު އިންސާފުގެ ދާއިރާއަށް ވެސް މިނިވަންކަން ލިބެމުންދާކަމުގެ ހެކި ފެންނަމުން މިދަނީ،" ގާސިމް ވިދާޅުވިއެވެ.

ކަފާލާތުގެ ދަށުން އޭނާ ދޫކޮށްލަން ހައިކޯޓުން އަމުރުކުރީ "ކްރިމިނަލް ކޯޓުން ހެދިކަހަލަ ގޯހެއް" ނަހަދަންވެގެން ކަމަށެވެ. 

އަދި އެކަމަށްޓަކައި ހައިކޯޓުގެ އިސް ފަނޑިޔާރު ޝުޖާއު އުސްމާނާއި އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީއަށް ގާސިމް ޝުކުރު އަދާކުރެއްވިއެވެ.

ޤަސިމް އިބްރާހިމް ގެ އިތުރުން ރޭ ވަނީ ކުރީގެ ރައީސް މައުމޫން އަބްދުލް ޤައްޔޫމާއި ފާރިސް މައުމޫން ވެސް ކަފާލާތުގެ ދަށުން މިނިވަން ކޮށްަފައެވެ.


Advertisement

ކޮމެންޓް