ބުރިޖުދަށުން ކަނޑު އުޅަނދުފަހަރު ދަތުރު ނުކުރުމަށް އިލްތިމާސް ކޮށްފި

23 Jan 2019 | 15:29

އަންނަ މޭމަހުގެ ނިޔަލަށް، ބުރިޖު ދަށުން ކަނޑު އުޅަނދުފަހަރު ދަތުރު ނުކުރުމަށް އިލްތިމާސް ކޮށްފިއެވެ.

މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރ އިން ކުރި އިއުލާނެއްގައި ބުނެފައިވަނީ، ބުރިޖު އެޅުމަށްޓަކައި ވަގުތީގޮތުން ތައްޔާރުކުރެވިފައިވާ ޓްރެސްޓަލް ބުރިޖާއި، ބުރިޖާއި ގުޅިފައިވާ އާލާތްތައް ނެގުމުގެ މަސައްކަތް ކުރިއަށް ދާތީވެ މަސައްކަތް ނިމެންދެން، ބުރިޖު ދަށުން ކަނޑު އުޅަނދުފަހަރު ދަތުރުކުރުމަކީ މަނާކަމެއްކަމުގައި މީގެ ކުރިންވެސް ދަންނަވާފައިވާކަމަށެވެ. 

މީގެ އިތުރުން ބްރިޖްގެ ޓެމްޕަރަރީ ސްޓްރަކްޗަރތަކަށް ސަމާލުވުމަށާއި، އަދި ބުރިޖާއި ގުޅިފައިވާ އާލަތްތައް ކައިރިން މޫދަށް ނޭރުމަށް ރާޅާ އަޅާ ފަރާތްތަކަށް މީގެ ކުރިން ދަންނަވާފައިވާއިރު، ބުރިޖުގެ ކަނޑުއުޅަނދު ތަކުންވެސް އެ ސަރައްހައްދަން ނުވަނުމަށް މީގެ ކުރިން އަންގާފައިވާނެ ކަމަށް އެމިނިސްޓްރީން ބުނެފައިވެއެވެ.

ނަމަވެސް ފަހަކަށް އައިސް ރާޅާ އަޅާ ފަރާތްތަކުން ބްރިޖް ސަރަހައްދުގައި ރާޅާއަޅާކަން ފާހަގަކުރެވިިފައިވާ ކަމަށާއި، ހަމައެއާއެކު ކަނޑު އުޅަނދު ފަހަރުތަކުންވެސް އެސަރަހައްދަން ވަންނަ ކަން ފާހަގަކުރެވިފައިވާ ކަމަށް ޕުލޭނިން މިނިސްޓްރީން ބުނެފައިވެއެވެ. އަދި މިދުވަސްވަރު ބްރިޖާއި އިންވެގެންވާ އާލަތްތައް ނެގުމުގެ މަސައްކަތް ކުރަމުންދާ ކަމަށާއި، އެމަސައްކަތް ކުރިއަށް ދާއިރު، ބުރިޖު ދަށުން ކަނޑު އުޅަނދުފަހަރު ދަތުރުކުރުމަކީ ނުރައްކާތެރިކަމަކަށް ވުމާއިއެކު، އަންނަ މޭމަހުގެ ނިޔަލަށް ، ބުރިޖު ދަށުން ކަނޑު އުޅަނދުފަހަރު ދަތުރުކުރުމަކީ މަނާކަމެއްކަމަށް އެ މިނިސްޓްރީން މިއަދު ވަނީ އަންގާފައެވެ.

އަދި އެ ސަރަހައްދުގައި ރާޅާއަޅާ ފަރާތްތަކުން ޓެމްޕަރަރީ ސްޓްރަކްޗަރތަކަށް ސަމާލުވުމަށާއި، ބުރިޖު އަދި ބުރިޖާއި ގުޅިފައިމިވާ އާލާތްތަކާއި ކައިރިން މޫދަށް ނޭރުމަށް އެމިިސްޓްރީން ވަނީ އިލްތިމާސް ކޮށްފައެވެ.

Advertisement

ކޮމެންޓް

Advertisement