ސެވިއްޔާ އަތުން ބާސެލޯނާ ބަލިވެއްޖެ

24 Jan 2019 | 07:58

ކޮޕާ ޑެލް ރޭގެ ފުރަތަމަ ލެގުގައި ރޭ ބާސެލޯނާ ސެވިއްޔާއައި ދެކޮޅަށް ކުޅުނު މެޗުން ބަލިވެއްޖެއެވެ. މި މެޗް ނިމުނީ 2-0 ކުން ސެވިއްޔާ ކުރީގައި އޮވެގެންނެވެ.

ބާސެލޯނާއިން ގިނަ ވަގުތު ބޯޅަ ގެންގުޅުނު ނަމަވެސް މެޗުގައި ފެނުނު ގިނަ ހަމަލާތައް އުފައްދާފައިވަނީ ސެވިއްޔާއިންނެވެ. އެގޮތުން ސެވިއްޔާވަނީ ޖުމްލަ 18 ޝޮޓް ހަދާ އޭގެ ތެރެއިން 3 ޝޮޓް ގޯލައި އަމާޒަކޮށްފައެވެ. ބާސެލޯނާއަށް 10 ޝޮޓް ހެދުނުއިރު އޭގެ ތެރެއިން ގޯލައި އަމާޒުކޮށްލެވެނީ އެންމެ ޝޮޓެކެވެ.

ސެވިއްޔާގެ ލަނޑުތައް ކާމިޔާބުކޮށްދިނީ މެޗުގެ 58 ވަނަ މިނެޓުގައި ސަރާބިއާ އަދި 76 ވަނަ މިނެޓުގައި ބެން ޔެޑާއެވެ. ބެން ޔެޑާ ކާމިޔާބުކުރި ލަނޑު އޭނާ ޓްރިބިއުޓް ކޮށްފައިވަނީ މަތިންދާ ބޯޓް އެކްސިޑެންޓްއެއްގައި ގެއްލިފައިވާ ކާޑިފް ސިޓީގެ ފޯވަޑް ސަލާއަށެވެ.

ފާއިތުވެދިޔަ ހަތަރު ސީޒަނުގައި ކޮޕާ ޑެލް ރޭގެ ޗެންޕިއަންކަން ހޯދާފައިވާ ބާސެލޯނާއިން މި މެޗުގައި މެސީއަށް ރެސްޓް ދިންއިރު އެޓީމައި އަލަށް ގުޅުނު ކެވިން ޕްރިންސް ބޮއާޓޭންގްވަނީ މި މެޗުން ފެނިގެންގޮސްފައެވެ.

Advertisement

ކޮމެންޓް

Advertisement