Advertisement

ނޭމާއަށް އަނިޔާވެ ޔުނައިޓެޑައި ދެކޮޅަށް ނުކުޅެވިދާނެކަމުގެ ބިރު ބޮޑުވެއްޖެ

24 Jan 2019 | 09:32

ފްރެންޗް ކަޕްގައި ރޭ ޕީއެސްޖީ މޮޅުވި މެޗުގައި ނޭމާއަށް އަނިޔާވެ ޗެންޕިއަންސް ލީގުގައި މެންޗެސްޓާ ޔުނައިޓެޑައި ދެކޮޅަށް ކުޅޭ ފުރަތަމަ ލެގުގެ މެޗުގައި ނުކުޅެވިދާނެކަމުގެ ބިރު ބޮޑު ވެއްޖެއެވެ.

2-0 ސްޓްރަސްބޯގް އަތުން ޕީއެސްޖީ މޮޅުވިއިރު ނޭމާއަށް އަނިޔާވެ ދަނޑުން ފައިބާފައިވަނީ މެޗުގެ 60 ވަނަ މިނެޓުގައެވެ. ނޭމާ ދަނޑުން ފޭބީ ރޮމުންކަން ފާހަގަވެގެން ދިޔައެވެ.

މެޗުން ޕީއެސްޖީ މޮޅުކޮށްދިން ލަނޑުތައް ކާމިޔާބުކޮށްދިނީ ކަވާނީ އަދި ޑިމާރިއާއެވެ.

ފެބުރުވަރީ މަހުގެ 12 ވަނަ ދުވަހު ޔުނައިޓެޑައި ދެކޮޅަށް ޕީއެސްޖީ ނުކުތުމަށް ހަމަޖެހިފައިވާއިރު ޕީއެސްޖީގެ ކޯޗް ޓުޝެލް ހުރީ ނޭމާއަށް ލިބުނު އަނިޔާއައި ގުޅިގެން ވަރަށް ކަންބޮޑުވެފައެވެ. އެކަމައި ގުޅިގެން އޭނާ ބުނީ ނޭމާއަށް އަނިޔާވީ މެޗު ތެރެއިން ފައުލަކަށް ފަހު ފައުލެއް އިދިކޮޅު ކުޅުންތެރިން ނޭމާއަށް ކުރުމުންވެސް ރެފްރީ އެކަމާ އަޅާ ނުލުމުގެ ސަބަބުން ކަމަށެވެ. މިހާރު ކުރެވެން އޮތްހާވެސް ކަމަކީ ނޭމާގެ ހަލާތާމެދު ޑޮކްޓަރުން ބުނާނެ އެއްޗަކަށް މަޑުކުރުން ކަމަށްވެސް ޕީއެސްޖީއައި މި ސީޒަނުގައި ހަވާލުވި ޓުޝެލް ބުންޏެވެ.

ނޭމާގެ އިތުރުން އެޓީމުގެ މެދުތެރެއަށް ކުޅެމުން އަންނަ ވެރާޓީވެސްވަނީ އަނިޔާގެ ސަބަބުން ކުޅުމައި ދުރަށް ދާން ޖެހިފައެވެ. 

Advertisement

ކޮމެންޓް