Advertisement

ޖަޒީރާ ރާއްޖެއަކީ ކޮބައިކަން ގާސިމްއަށް ނޭނގުނު!

25 Jan 2019 | 12:16

ޖަޒީރާ ރާއްޖެއަކީ ކޮބައިތޯ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ޖުމްހޫރީ ޕާޓީގެ ލީޑަރ ގާސިމް އިބްރާހިމް ސުވާލު އުފައްދަވައިފިއެވެ.

ގާސިމް މި ބީދައިން ވާހަކަފުުޅު ދެއްކެވީ ޖުމްހޫރީ ޕާޓީގެ މައިޖަގަހަ ކަމުގައިވާ މ.ކުނޫޒުގައި އޮތް ހަފްލާއެއްގައި ރޭ ވާހަކަފުޅު ދައްކަވަމުންނެެވެ.

އެމަނިކުފާނުވަނީ އެމްޑީޕީން ގެންގުޅޭ ކެމްޕެއިން ޝިއާރުތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އެގޮތުން ގާސިމްވަނީ 2008 ވަނަ އަހަރު އެމްޑީޕީން ގެންގުޅުނު އަނެއް ދިވެހިރާއްޖޭގެ ޝިއާރަށްް ފާޑުވިދާޅުވެފައެެވެ.

"ބަލަ އަނެއް ދިވެހިރާއްޖެ އެއީ ކޮން ދިވެހި ރާއްޖެއެއްތޯ. މީގެ އެއްހާސް ދެހާސް އަހަރު ކުރީން މިތާ ބުޑިސްޓުން އުޅުނީމާ އެވާހަކަތޯ މި ދައްކަވަނީ. ރީތިކޮށް ބުނެލަންވީ ނޫންތޯ އެއީ އޭ ތިމަންނާމެން މި ދައްކާ ވާހަކައަކީ،" ގާސިމް ވިދާޅުވިއެވެ.

މީގެ އިތުރުންވެސް ގާސިމްވަނީ ޖަޒީރާ ރާއްޖޭގެ ޝިއާރަށްވެސް ފާޑުވިދާޅުވެފައެވެ. އެގޮތުން ޖަޒީރާ ރާއްޖެއަކީ ކޮބައިތޯ ގާސިމް ސުވާލު އުފެއްދެވިއެވެ.

"ކޮން ޖަޒީރާ ރާއްޖެއެއްތޯ؟ ދިވެހި ރާއްޖެއެއް ނޫންތޯ މި ދިވެހިރާއްޖެއަކީ. ދިވެހި ރާއްޖެ ކިޔާ އެހެން ރާއްޖެއެއް ނޯވޭ. ދެން އެހެން ނަމެއްވެސް ކިޔަންވީ ނޫންތޯ ދެއްތޯ. ކޮންއެއްޗެއް އޮޅުވާލަންތޯ މި އުޅުއްވަނީ،" ގާސިމް ވިދާޅުވި އެވެ.

ފަހަކަށް އައިސް ގާސިމްދަަނީ އެމްޑީޕީއަށް ގިނަ ބަހުގެ ހަމަލާތައް ރައްދުކޮށް، ރައީސް ޔާމީންއާއި އެކު ގުޅުން ބަދަހިކުރައްވަމުންނެވެ.

Advertisement

ކޮމެންޓް